ads
13 މާރިޗް 2024: މާލެ، މާރުކޭޓުގައި މިއަދު ފަރުމަސް ވަރަށް ތިޔައިގި -- ފޮޓޯ:ސީއެންއެމް
ރޯދަ ބާޒާރު: މާރުކޭޓުގައި ފަރުމަސް ތިޔާގި ދުވަހެއް
މިއަދު ބާޒާރުގެ ތަކެތީގެ އަގުތަކަށް ބަލާއިރު މާބޮޑު ތަފާތު ކަމެއް ނޫޅެއެވެ. ނަމަވެސް މިއަދަކީ މަަސް މާރުކޭޓުގައި މަސް ވަރަށް ތިޔާގި ދުވަހެކެވެ. މަސްވެރިކަން ރަނގަޅުވާން ފަށާފައިވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މަސް ތިޔާގިވެ އަގުހެޔޮކޮސް ލިބޭނެ ކަމަށް މަސްވެރިން ބުނެ އެވެ.
Advertisement

މިއަދު މާރުކޭޓުގައި ކަނޑުމަސް ކިލޯއެއް ލިބެން ހުރީ 25-35ރ އަށެވެ. އެއީ މިއަދުގެ ތާޒާ މަހެވެ. ކަންނެލި ކިލޯއެއް އުޅެނީ 35ރ އަށެވެ. 

މަސް މާރުކޭޓުގެ އަގުތައް:

ކަނޑުމަސް: 25-35 ރުފިޔާއަށް ކިލޯއެއް

ކަންނެލި: 35 ރުފިޔާއަށް ކިލޯއެއް

ގޮނދާ: 35 ރުފިޔާއަށް ކިލޯއެއް

ދޮންމަސް: 100 ރުފިޔާއަށް 10 މަސް

ރިއް މަސް: 20 ރުފިޔާއަށް 5 މަސް

ކުދި ފިލޮޅު، ގިނި މަސް: 80-200 ރުފިޔާއަށް

ބޮޑު ރަތްމަސް: 150-300 އަށް މަހެއް

ލައްޓި: 20 ރުފިޔާއަށް ކިލޯއެއް

ކުދި ފިލޮޅު، ގިނި މަސް: 30-50-70 ރުފިޔާއަށް މަހެއް

ރެހި: ނެތް

މާނިޔަ މަސް: 80-100 ރުފިޔާއަށް ކިލޯއެއް

ހަނދި: 100-150 ރުފިޔާއަށް ކިލޯއެއް

your image13 މާރިޗް 2024: މާލެ، މާރުކޭޓުގައި މިއަދު ފަރުމަސް ވަރަށް ތިޔާގި -- ފޮޓޯ:ސީއެންއެމް

ދަތުރުވެރިންގެ މާކެޓަށް ބަލާއިރު، އާންމުގޮތެއްގައި ހުރިހާ ބާވަތެއްގެ އަގުތައްވެސް ވަނީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް މިރުހުގެ އަގު އަދިވެސް އަންނަނީ އުފުލެމުންނެވެ. 

މިރުހަށް ބަލާއިރު ކަނޑުދޫ މިރުހުގެ އަގަށް ބަދަލެއް ނާދެއެވެ. އިއްޔެވެސް 500-700 ރުފިޔާއަށް ލިބެން ހުރި ކަނޑޫ ދޫ މިރުސް ކިލޯއެއް މިއަދުވެސް އުޅެނީ އެ އަގުގަ އެވެ. އަދި މިރުސް ކިލޯއެއް މިއަދު އުޅެނީވެސް އެ އަގުގައެވެ.

your image13 މާރިޗް 2024: މާލެ، މާރުކޭޓުގައި މިއަދު ކަންނެލި ލިބެން ހުރީ 30 ރުފިޔާއަށް ކިލޯއެއް -- ފޮޓޯ: ފޮޓޯ: ސީއެންއެމް

ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ކަރަ އާއި ލުނބޯގެ އަގަކަށްވެސް ބަދަލެއް ނާދެއެވެ. ބާޒާރުގައި ތޮއްޑޫ ކަރާގެ އަގު އުޅެނީ 20ރ އަށް ކިލޯއެއްގެ ރޭޓުންނެވެ. ތާޒާ ލުނބޯ ކިލޯއެއް މިއަދު ބާޒާރުގައި ވިއްކަން ހުރީ 30-60 ރުފިޔާއަށެވެ. އަދި އިންޑިއާ ކަރާ، 15ރ އަށް ކިލޯގެ ރޭޓުން ލިބެން އެބަހުއްޓެވެ.

ފަނިގިރާ ބާވަތްތަކާއި މޭވާގެ އަގުތައް:

އަލަނާސި ކަރާ: 30 ރުފިޔާއަށް ކިލޯއެއް

ރޮކް މެލަން: 60 ރުފިޔާއަށް ކިލޯއެއް

އިންޑިއާ ކަރާ: 15 ރުފިޔާއަށް ކިލޯއެއް

އިޖިޕްޓް ފޭރު: 100-120 ރުފިޔާއަށް ކިލޯއެއް

ބަންގަލަދޭޝް އަދި އިންޑިއާ ފޭރު: 70-80 ރުފިޔާއަށް ކިލޯއެއް

ކުރުނބައެއް: 25-30 ރުފިޔާއަށް

ދިވެހި ފެޝަން ފުރުޓް: 130 ރުފިޔާއަށް ކިލޯއެއް

ބޭރު ފެޝަން ފުރުޓް: 70-80 ރުފިޔާއަށް ކިލޯއެއް

ބޮންތިރަތް ކެޔޮ: 100 ރުފިޔާއަށް ކިލޯއެއް

ފުސްކެޔޮ: 80 ރުފިޔާއަށް ކިލޯއެއް

މާޅެސްކެޔޮ: 90 ރުފިޔާއަށް ކިލޯއެއް

ފަޅޯ: 50 ރުފިޔާއަށް ކިލޯއެއް

ކަށިކެޔޮ (ރަތް): 15 ރުފިޔާއަށް 2 ވައް

ރޯ ކަދުރު: 150 ރުފިޔާއަށް ކިލޯއެއް

ފަތްޕިލާވެލީގެ ބާވަތްތަކާއި ކާށި ލިބެންހުރި އަގުތައް:

ކަންކުން: 10 ރުފިޔާއަށް ބޮނޑިއެއް

ކުއްޅަފިލާފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ހިކަނދިފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ކޮޕީ ފަތް: 10 ރުފިޔާއަށް ބޮނޑިއެއް

ރާނބާފަތެއް: 5 ރުފިޔާއަށް

ސައިޒު ބޮޑު ކާއްޓެއް: 10 ރުފިޔާއަށް

މެދު އަދި ކުޑަ ސައިޒުގެ ކާއްޓެއް: 5-8 ރުފިޔާއަށް

ގަބުޅި: 50 ރުފިޔާއަށް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް