ads
މީ ރޯދަމަހު ހަރަމްފުޅު.
ކޮންމެ ދުވަހަކުވެސް މިކަންކަން ހަރަމުފުޅުގައި ހިނގާކަން އެނގޭތަ
އެއީ ބިމުގެ ގޮތުން 1 މިލިއަން ސްކުއަރ މީޓަރަށްވުރެ ބޮޑު ސަރަހަދެކެވެ.
Advertisement

މީގެ 4000 އަހަރު ކުރިން މާތް ﷲގެ ހަލީލު އިބްރާހިމް ގެފާނު ގެފުޅު ބިނާކުރީންސުރެ އެތަނަކީ އެއްވެސް އިރަކު ބަންދުނުވެ 24 ގަޑިއިރު ހުޅުވިފައި ހުންނަތެނެކެވެ.. އެއް ފަހަރާ 2 މިލިއަން މީހުން ޖަމާވާއިރު އަހަރެއްގެ މައްޗަށް އެ ތަނަށް 20 މިލިއަން މީހުން ޒިޔާރަތްކުރެއެވެ. މީ މުސްލިމުންގެ އެންމެ މުޤައްދަސް ޙަރަމް މައްކާގެ މާތްވެގެންވާ މަސްޖިދުލްޙަރަމްގެ ވާހަކައެވެ.

މާތް ﷲގެ ގެފުޅަށް ޒިޔާރަތްކުރާ މުސްލިމުންނަށް އެތަނުގައި ފުރިހަމަ ގޮތުގައި އަޅުކަން އަދާކުރުމަށް އެތަން ބަލަހައްޓާ ސާފުކުރަން ސައުދީ ސަރުކާރުން ރާވާފައިވާ އިންތިޒާމުތަކަކީ އެހާމެ ފުރިހަމަ ރޭވުންތެރި އިންތިޒާމުތަކެކެވެ. 

އެތައް މިލިއަން ބަޔަކު އަންނަ 365 ދުވަހު 24 ގަޑިއިރުން އެއްވެސް ވަގުތުކޮޅަކަށް ބަންދުނުވާ ތަނެއް ސާފުކޮށް ބަލަހައްޓާނީ ކިހެނެތްތޯ މީ އުފެދޭ ސުވާލެކެވެ.

your imageހަރަމްފުޅުގެ ތަވާފް ކުރާ ސަރަހައްދު ސާފުކުރަނީ. މި މަސައްކަތް ކުރަނީ އަޅުކަން ހުއްޓުނަ ނުދީ 

އަޅުކަން ނުހުއްޓޭ، އެކަމަކު ކޮންމެ ދުވަހަކު މުޅިތަން ދޮވޭ

ހަރަމްގެ މަތާފް ސަރަހައްދު ނުވަތަ ތަވާފް ކުރާ ސަރަހައްދަކީ އަބަދުވެސް ފުރި ބާރުވެ ތޮއްޖެހިފައި އޮންނަ ސަރަހައްދެކެވެ. އެހެންނަމަވެސް މި ސަރަހައްދުވެސް ކޮންމެ ދުވަހަކު ދެތިން ފަހަރަށް ދޮވެއެވެ. ތަވާފްކުރަމުން ދަނިކޮށް ތަން ދޮވެ ނިންމާލާން ނަގަނީ ގިނަވަގެން ބައިގަޑިއރެވެ. މި މަސސައްކަތް ކުރާ މީހުން ގެންގުޅެ މޮޅު ހުނަރު ތަކަކީ ބަލާލަން ހުންނަށްވެސް ފޫހިނުވާކަމެކެވެ. 

ހަރަމްގެ ތަޅުން ދޮވުމަށް ބޭނުންކުރާ ފެނުގައި އެއްވެސް ކެމިކަލެއް ނުހުރެއެވެ. ސަބަބަކީ އޭގެ ދިލަ އަރާ މީހަކަށް ގެއްލުމެއް ވެދާނެތީއެވެ. އަދި މި ފެން އުފައްދާފައިވަނީ ތަނުން މީރުވެސް ދުވާނޭގޮތަށް ފިނިފެން ބޭނުންކޮށްގެންނެވެ. 

your image

ހަރަމްފުޅު ސާފުކޮށް ބެލެހެއްޓުމަށް ދުވާލެެއްގެ މައްޗަށް ސާފު ނުކުރާ އެއްވެސް ސަރަހަދެއް ނުހުރެއެވެ. އެ މަސައްކަތުގައި 1800 ވުރެ ގިނަ މީހުން މަސައްކަތް ކުރެއެވެ. މުޅި ހަރަމުގެ ކޮމްޕައުން ސާފުކުރުމަށް އިލެކްޓްރޯނިކް 60 ވެހިކަލް އޮވެއެވެ. ހަރަމްފުޅުގެ އެތެރެއާއި ބޭރުގައި ކުނި އެޅުމަށް 2000 ޑަސްބިން ބަހައްޓާފައި ހުރެއެވެ. ބާރުބޮޑު ދުވަސްވަރު ހަރަމުން ދުވާލަކު 90 ޓަނުގެ ކުނި ނެރެއެވެ. 

ހަރަމްގެ ތަޅުމުގެ އިތުރުން ދޮރުތަކާއި ސީލިންތަކާއި ލައިޓްތަކާއި މުނާރުތަކުގެ އިތުރުން ސަފާ އަދި މަރުވާ ފަރުބަދަވެސް ފެން ޖަހާ ސާފުކުރެއެވެ.

your imageހަރަމްގެ ކާޕެޓްތައް ދޮވުމަށްފަހު ބަދަލުކުރަނީ 

ކާޕެޓްތައް، 40 ހާސް ކާޕެޓް އޮވޭ

ހަރަމް ބޮޑުކުރުމަށް ގެނައި ބަދަލުތަކާއި އެކު ހަރަމްގެ އެކި ސަރަހައްދުގައިތަކުގައި ޖުމްލަ 40،000 ކާޕެޓް އަޅާފައި އޮވެއެވެ. އެ ކާޕެޓްތައް އެއްކޮށް ޖެހިޖެހިގެން އަތުރާލައިފިނަމަ އެއީ މައްކާ އާއި ޖިއްދާއާއި ދެމެދުގެ ދުރުމިނަށް ދަމާލެވޭހާ އަދަދެވެ. މައްކާއިން ޖިއްދާއަށް ކާރެއްގައި ދަތުރުކުރާނަމަ އެއީ ގާތްގަޑަކަށް 2 ގަޑިއިރުގެ ދިގު ދަތުރެކެވެ. އެހެންނަމަވެސް މި ކާޕެޓްތަކަކީވެސް ކޮންމެ ދުވަހަކު ނަގާ ސާފުކުރަމުން އަންނަ ތަކެއްޗެވެ.

ކާޕެޓްތައް ސާފުކުރަން ކޮންމެ ދުވަހަކު ނަގައިގެން ގެންދަނީ އެކަމަށް ހާއްސަކޮށްފައިވާ ތަނަކަށެވެ. އެ ތަނަށް ގެންދިޔުމުން ފުރަތަމަ ކަމަކީ ކާޕެޓްތަކުގައި ހުންނަ ހިރަސްފުސްތައް ފޮޅުމެވެ. ދެން އެއަށްފަހު ސައި ބޯނި ފެން ބޭނުންކޮށްގެން ކޮންމެ ކާޕެޓެއްވެސް ވަކިވަކިން ދޮވެއެވެ. ކޮންމެ ކާޕެޓެއް ދޮވުމަށްފަހު ފުރަތަމަ ހިއްކަނީ އެކަމަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައި ހުންނަ މެޝިނެއްގައެވެ. އެ މެޝިނަށް ލާ ކޮންމެ ކާޕެޓެއް ހިއްކުމަށްފަހު ދެން ހާއްސަ ކުރެވިފައިވާ ވަކި ސަރަހަދެއްގައި އަވީލާ ދެވަނަ ފަހަރަށް ހިއްކައެވެ. 

your imageކާޕެޓްތައް ނަގާ ދޮވުމަށްފަހު ހިއްކަން އަޅާފައި. މެޝިނުން ހިއްކުމަށްފަހު އަވިންވެސް ހިއްކާ

އަވީގައި ހިއްކުމަށްފަހު އިތުރު އެއްވެސް އެތިކޮޅެއް ނުވަތަ ކުންޏެއް އޮތަށް ނުދިނުމަށް އަނެއްކާވެސް ވެކިއުމް ކިލީނަރު އަޅާ ސާފުކޮށް ވަކި އުރަތަކެއްގައި ބަންދުކޮށް ހާއްސަ ގުދަނެއްގައި ބަހައްޓައެވެ. އެތަނުގައި އެއްފަހަރާ 15000 ކާޕެޓް ރައްކާކުރެވެއެވެ. ކޮންމެ ދުވަހަކުވެސް މި ގޮތަށް ހަރަމްގައި އަޅާފައިވާ ކާޕެޓްތައް ބަދަލުކުރަމުން ގެންދެއެވެ. ހަރަމްގައި ކާޕެޓްތައް އެޅުމަށްފަހު މީރުވަސްދުވާ ސްޕްރޭ އެތަކެއްޗަށް ޖަހައެވެ. މި ކާޕެޓްތައް ދުވާލަކު 3 ފަހަރަށް ސެނިޓައިޒްކޮށް ސާފުކުރެއެވެ.

your imageމިސްކިތަށް އަތަރު ދުން ޖަހަނީ. މީ ދެ ހަރަމުގައިވެސް ކުރަމުން އަންނަ ކަމެއް

މިސްކިތައް އަތަރު ޖެހުން

މިސްކިތުގައި މީރުވަސް ބެހެއްޓުމަށް ހަރަމަށް ކޮންމެ ދުވަހަކުވެސް މީރުވަސް ދުވާ އަތަރުތަކުން ދުން އަޅައެވެ. ކޮންމެ ނަމާދަކާއި ދިމާކޮށް ގެފުޅުގެ ބިއްކޮޅުތަކާއި ހަޖަރުލް އަސްވަދުގައިވެސް އަތަރު އުނގުޅައެވެ. މިގޮތުން މިސްކިތައް ޖަހާ އަތަރަކީ އަރަބި އެންމެ މަ×ްހޫރު އަދި އެންމެ އަގު ބޮޑު އޫދްގެ ބާވަތްތަކެވެ. 

ފާހާނާތައްވެސް ދޫކޮށްނުލާ

މުޅި ހަރަމްފުޅުގައި 13000 ވުރެ ގިނަ ފާހާނާ ހުރެއެވެ. މި ފާހާނާތައް ހުންނަނީ ހަރަމްގެ ކޮމްޕައުންޑް ތެރޭ ބިމު އަޑީގައެވެ މިފާހާނަތައް ކޮންމެ ދުވަހަކު 4 ފަހަރަށް ސާފުކުރެެވެ. ރައްކާތެރިކަމާއި ސާފުތާހިރުކަމަށް ބޭނުންވާ އާލާތްތައް ބޭނުންކޮށްގެންނެވެ. މި ހުރިހާ ފާހާނާތައް ހުންނަނީ ސަލާމަތީ ގޮތުން ބޭނުންވާ ސައިން ބޯޑްތައް ހަރުކޮށްފައެވެ. އަދި އެއީ އެއް ފަހަރާ އެތައް ބަޔަކު ޖަމާވާ ތަނަކަށްވުމުން ހާސްކަން ކުޑަކުރުމަށް މުޅިތަނުގައި ހުންނަނީ ފަންކާވެސް ހަރުކޮށްފައެވެ.

your imageހަރަމްގެ އެކި ހިސާބުގައި ޒަމްޒަމް ފެން ބަހައްޓާފައިހުރޭ. ހުސްނުވެ ލިބޭއިރު ކޮންމެ ދުވަހަކުވެސް ސާފުކޮށް ބަލަހައްޓާ

ޒަމްޒަމް ފެން، ހުސްވިޔަކު ނުދޭ 

ހައްޖާއި އުމްރާގެ އަޅުކަމުގައި ޒަމްޒަމް ފެން ބޭނުންކުރާއިރު މިލިއަން މީހުންނަށް ބޭނުންވާ ގޮތަށް ހުސްނުވެ ޒަމްޒަމް ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. 

ހަރަމްގެ ބޮޑު ސަރަހައްދުގައި ފަސޭހައިން ޒަމްޒަމް ފެން ނުލިބޭނެ އެއްވެސް ސަރަހަދެއް ނުހުންނާނެއެވެ. ޒަމްޒަމް ފެން ފޯރުކޮށްދިނުމަށް 25،000 ކޫލަރު ހަަން އެކި ސަރަހައްދުގައި ބެހެއްޓިފައިވާއެވެ. އެ ކޫލަރުތަކުން ފެން ހުސްވިޔަ ނުދީ ބަދަލުކުރުމަށް އެކަމަށް ހާއްސަ ބަޔަކު ތިބެއެވެ. އަދި ކޫލަރު ހުސްވުމުން އެ ނަގައިގެން ގިސް ސާފުކުރާ ބަޔަށްލުމަށްފަހު ދެން އެ ކޫލަރު އަނބުރާ ހަރަމަށް އަންނަނީ ދޮވެ ސާފުކޮށްގެން އަލުން ފެން ބަރުކުރުމަށްފަހުއެވެ. ފެނުގެ ސާފުތާހިރުކަން ބެލެމަށް ދުވާލަކު 100 ސާމްޕަލް ނަގާ ޓެސްޓްވެސް ކުރެއެވެ. 

your imageރޯދަ ވީއްލުމަށް ދެ ހަރަމުގައިވެސް ސުފުރާތައް އަޅާ

ރޯދަ ވީއްލުން، އޮށްނަގާފައި 500 ހާސް ކަދުރު 

ހަރަމްގައި އެންމެ މީހުން ގުނަވާ ދުވަސްވަރަކީ ރަމަޟާން މަހެވެ. މިމަހު ހަރަމްގައި ހިނގާލާނެ ޖާގަ ނެތޭ ބުނުންވެސް ގޯހަކަށް ނުވާނެއެވެ. އަދި ހާއްސަކޮށް ރޯދައިގެ ފަހު ދިހައެއްގައެވެ. ހަރަމް އަންނަނަ ރޯދަވެރިންނަށް ރޯދަ ވީއްލޭނެ އިންތިޒާމުތައްވެސް ހުންނަނީ ހަމަޖެހިފައެވެ. 

your imageރޯދަ ވީއްލުމަށް ކަދުރު ބަހަނީ 

އެއްފަހަރާ 400 ހާސް މީހުންނަށް ރޯދަ ވީއްލަން ސުފުރާ ތައްޔާރުކުރެއެވެ. އަދި ރޯދަވަރިންނަށް ބެހުމަށް ކޮންމެ ދުވަހަކުވެސް އޮށް ނަގާފައި ހުންނަ 500 ހާސް ކަދުރު ހަރަމަސް ގެންގޮސް ބަހައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް