އެމްއެފްޑީއޭއިން މިއަދު ނެރުން ނޫސް ބަޔާނުގައިވާ ގޮތުން ކުކުޅު ބިސް ވިއްކުމާއި, ގެންގުޅުމާއި އަދި ރައްކާ ކުރާ ގޮތުން ވެސް ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ވަރަށް ބޮޑުވާ ކަމަށާއި ބިސް ވިއްކުމާއި ގެންގުޅުމުގައި ސަމާލުވާންވީ ކަންތައްތައް ވާކަމަށެވެ.
އެގޮތުން ވިސްނަން ޖެހޭ ކަންކަކަމަށް ބަލާ އިރު:
އެމްއެފްޑީއޭއިން ވަނީ ބިސް ބޭނުން ކުރާއިރު ދޮވެގެން ބޭނުން ނުކުރާން އިލްތިމާސް ކޮށްފައި އެވެ. ސަބަބެއް ކަމަށް އެ އިދާރާއިން ބުނީ އެކަމުގެ ސަބަބުން އޭގެ އެތެރެއަށް ޖަރާސީމާއި ކެމިކަލް ވާސިލުވުމަށް މަގުފަހިވާނެތީ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އޭގެ އިތުރުން އެމްއެފްޑީއޭއިން ވަނީ ރޯނުފިލުވައި ހުންނަ ބިސް ބޭނުންކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމަށާއި, އެފަދަ ތަކެތި އައިސް އަލަމާރިން ބޭރުގައި ދެ ގަޑިއިރަށްވުރެ ގިނައިރު ނުބަހައްޓަން އެދިފަ އެވެ.
ބިސް ފިނި ނުކޮށް ބެހެއްޓޭނީ 28 ދުވަހުގެ މުއްދަތަށެވެ. އަދި ފިނިކޮށްފައި ހުންނަ ބިސް ރައްކާތެރިކަމާ އެކު ބެހެއްޓޭނީ ގިނަވެގެން ތިން މަހުގެ މުއްދަތަކަށެވެ.