މިއަދުގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީ " ރޯދައިގެ ޙިކުމަތްތައް" މި މައުލޫގެ މައްޗަށެވެ.
ރޯޯދަ ފަރުޟު ކުރައްވާފައިވަނީ، تَقْوَى ވެރިކަން ޙާޞިލު ކުރުމަށްޓަކައިކަން ހަނދާންކޮށްދެމުން ހުތުބާގައިވަނީ ރޯދައަކީ ﷲ تَعَالَى ގެ އަމުރުފުޅުތައް ޤާއިމުކޮށް، އެކަލާނގެއަށް ކިޔަމަންތެރިވުމާއި، އެކަލާނގެ ނަހީކުރެއްވި ކަންތައްތަކާ ދުރުހެލިވުމަށް އެންމެބޮޑަށް އެހީވެދޭ އެއް އަޅުކަންކަމަށެވެ.
ހުކުރު ނަމާދުގެ ތެރެއިން
ރޯދައިގެ ޙިކުމަތްތަކުގެ ތެރޭގައި، ރޯދަވެރިޔާގެ ކިބައިގާ ރަޙުމާއި، ކުލުނު އުފެދުން ހިމެނެއެވެ. އަދި ހަމަ މިފަދައިން ދޮގުހެދުމާއި، ޒުވާބުކުރުމާއި، ހަޑިހުތުރު ބަސްތަކުން މީހުންނާ މުހާތަބުކުރުމާ އެއްކިބާކުރުވާކަންވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ. އަދި ރޯދައަށް ހުރެ އަރައިރުންވެ، ޒުވާބުކޮށް އުޅޭ މީހުންގެ ރޯދައިން ލިބޭނެ މާގިނަ ޘަވާބެއް ނެތްކަންވެސް ހުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.
ރޯޯދައިގެ ޙިކުމަތަކީ، މާތް ﷲ އަށް ބިރުވެތިވެ، تَقْوَى ވެރިވުމެވެ. ކުރުމަށް އާދަވެފައިވާ ކަންތައްތަކުން ދުވަސްކޮޅަކަށް ނަމަވެސް އެއްކިބާވެ ހުރުމީ، ދުނިޔޭގެ އެދުންތަކުން ނަފްސު ސަލާމަތްކުރުމަށް ދެވޭ ތަރުބަވީ ފިލާވަޅެއްކަން ހުތުބާގައިވަެެވެ.
ރޯދައަކީ ހުރިހާ މާނައެއްގައި ވެސް ރައްކާތެރިކަން ހަނދާން ކޮށްދެމުން ރޯދައަށް ހުންނައިރު ދޮގުހެދުމާއި ޒުވާބުކޮށް ހަޑިހުތުރު ބަހުން މުހާތަބްކުރުމުން ދުރުހެލިވެ ހުރުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;