ރައީސް އޮފީހުން ކުރިޔަށް ގެންދާ ރައީސްގެ ޖަވާބު ގެ ޖަވާބުގައި މިއަދު ސުވާލުކުރި މިހާ ސުވާލަކަށްވީ ވަޒީފާގައި ހުންނައިރު ޕެންޝަނަށް ޖަމާކުރާ ފައިސާ ވަޒީފާއިން ވަކިވުމުން ފަސޭހައިން ލިބޭނެ ގޮތެއް ވެދާނެތޯއެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ޕެންޝަން ފައިސާ ފަސޭހައިން ފސޭހައިން ބޭނުން ހިފޭނެ ބަދަލު ގެންނަވަން ބޭނުންވާކަމަށެވެ. އެހެންނަމަވެސް އެއީ ވަކި ގާނޫނަކު ކުރާކަމަށްވުމުން އެކަމަޑް ބަދަލެއް ގެނެވޭނީ މަޖިލީހުންކަމަށް ވިދާޅުވެ ނުސީދާކޮށް ވިދާޅުވީ އެކަމަށް މަޖިލިސް ލިބުން މުހިއްމުކަމަށެވެ.
ރައީސްގެ ޖަވާބުގައި ފަހަކަށް އައިސް ކުރި ބައެއް ސުވާލުތަކަށް ރައީސް ޖަވާބަކަށް ވެފައިވަނީ އެކަން ވާނީ ރައްޔިތުން މަޖިލީހުންކަމަށެވެ. ދާދި ފަހުން ކައުންސިލް ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައާ ގުޅިގެން އާއްމުކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކަން ވާނީ މަޖިލީހުންކަމަށް ރައީސް ވިދާޅުވުމުން ސިޔާސީ ބައެއް ފާޑުކިޔުންވަނީ އަމާޒުވެފައެވެ. އެމީހުން ބުނަމުންދިޔައީ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަކީ މަޖިލީހާއި ގުޅުން އޮތްކަމެއް ނޫންކަމަށާއި އެއީ ސަރުކާރުން ހުށައަޅައިގެން ޕޭ ކޮމިޝަނުން ކުރަމުން އަންނަކަމެއް ކަމަށެވެ.