ads
ޕާކިސްތާނުގެ ކްރިކެޓް ޓީމުގެ ބައެއް މެންބަރުން
ޕާކިސްތާނުން 20 އަހަރަށް ފަހު ޓްރައިނޭޝަންސް ކަޕެއް ހޯސްޓްކުރަނީ
ޕާކިސްތާނުގައި 20 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް ޓްރައިނޭޝަންސް ކަޕެއް ހޯސްތްކުރަން ތައްޔާރުވެއްޖެއެވެ.

ޕާކިސްތާނުގެ ކްރިކެޓް ބޯޑުން ހުކުރު ދުވަހު ބުނީ އެއް ދުވަހުގެ ބައިނަލްއަގްވާމީ ޓްރައި ސީރީޒްގައި ދެކުނު އެފްރިކާ އާއި ނިއުޒީލެންޑް އަދި ޕާކިސްތާނު ކުޅޭނެ ކަމަށެވެ. މިއީ 20 އަހަރުގެ ތެރޭގައި ތިން ގައުމެއް ބައިވެރިވާ ގޮތަށް ޕާކިސްތާނުން ހޯސްޓް ކުރާ ފުރަތަމަ ކްރިކެޓް މުބާރާތެވެ. ޕާކިސްތާނުގެ ބޯޑުން ބުނި ގޮތުގައި މި ސީރީޒްއަށް ސިގްނަލް ލިބިފައިވަނީ ދުބާއީގައި ބޭއްވި އިންޓަނޭޝަނަލް ކްރިކެޓް ކައުންސިލްގެ ބައްދަލުވުމުގެ ހަވާސާގައެވެ.

2009 ވަނަ އަހަރު ޕާކިސްތާނުގެ ލާހޯރުގައި، ސްރީ ލަންކާގެ ކްރިކެޓް ޓީމު ދަތުރުކުރި ބަހަށް ދިން ހަމަލާއަކާ ގުޅިގެން އޭގެ ފަހުން އެ ގައުމުގައި އިންޓަނޭޝަނަލް ކްރިކެޓް މެޗެއް ނުކުޅެ އޮތުމަށް ފަހު އަލަށްވެސް ކުޅުނީ 2020 ވަނަ އަހަރުއެވެ. ލާހޯރުގައި 2009 ވަނަ އަހަރު ދެވުނު ހަމަލާތަކާ ގުޅިގެން، އޭގެ ދެ އަހަރު ފަހުން ޕާކިސްތާނުން ވޯލްޑް ކަޕް ކޯ ހޯސްޓް ކުރުމަށް ލިބިފައި އޮތް ފުރުސަތުވެސް ގެއްލުނެވެ.

ޕާކިސްތާނުގައި އެންމެ ފަހުން ޓްރައި ސީރީޒްއެއް ބާއްވާފައިވަނީ 2004 ވަނަ އަހަރުއެވެ. އެ ފަހަރު ކުޅުނީ ޒިމްބާބުވޭ، ޕާކިސްތާނު އަދި ލަންކާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް