ads
އިންތިހާބެއްގައި ވޯޓްލާ މަރުކަޒެއްގެ ތެރެ
1300 އަށް ވުރެން ގިނަ މީހުން ރާއްޖޭން ބޭރުގައި ވޯޓްލާން ރަޖިސްޓްރީވި: އީސީ
ކުރިޔަށް އޮތް މަޖިލީސް އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓް ލާން 1300 އަށް ވުރެން ގިނަ މީހުން ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ

އެ ކޮމިޝަނުން ބުނީ  702 މީހުން މެލޭޝިއާގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ކަމަށެވެ. 

މީގެ އިތުރުން ސްރީލަންކާ އަށް  306 މީހުން އަދި އިންޑިޔާ އަށް 159 މީހުން ވޯޓް ލާން ރަޖިސްޓްރީ ކޮށްފައި ވާ ކަމަށް އެ ކޮމިޝަނުން ބުނެއެވެ. 

އީސީން ބުނީ އިނގިރޭސި ވިލާތުން ވޯޓްލާން 124 މީހުން ރަޖިސްޓްރީވެފައިވާ އިރު ޔޫއޭއީ އިން 31 މީހުން ރަޖިސްޓްރީވެފައިވާ ކަމަށާއި ތައިލެންޑުން 16 މީހުން  ވޯޓް ލާން ރަޖިސްޓްރީ ކޮށްފައި ވާ ކަމަށް އީސީން ބުނެ އެވެ.

ކޮމިޝަނުން ބުނީ ވޯޓުލާން ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު އިއްޔެ މެންދުރު 3 ގެ ނިޔަލަށް ހަމަވެފައިވާ ކަމަށެވެ. 

އިލްކެޝަންއިން އެންމެ ފަހު އާންމު ކުރިން އާންމު ކުރި ހިސާބު ތަކުން ދައްކާ ގޮތުގައި ރީ ރަޖިސްޓްރީވުމަށް 5202 އެޕްލިކޭޝަން ލިބިފައިވާ އިރު އޭގެ ތެރެއިން 4718 މީހުން ރަޖިސްޓްރީކޮށްދެވިފައިވާ ކަމުގަ އެވެ. އަދި 484 އެޕްލިކޭޝަންއެއް ރިޖެކްޓު ކުރެވިފައިވާ ކަމަށް އެ އިދާރާއިން ބުނެފައިވެ އެވެ 

އިންތިހާބު އޮންނަ ދުވަހާއި ހަމައަށް 18 އަހަރުފުރޭ މީހުންނާއެކު ޖުމްލަ ވޯޓު ލެވޭ މީހުންގެ ޖުމްލަ އަދަދު 284،887 އަށް އަރައެވެ.

ވިހި ވަނަ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އިންތިހާބުގައި ޖުމްލަ 369 ކެންޑިޑޭޓުން ވާދަކުރެ އެވެ. އޭގެ ތެރޭ ހިމެނެނީ 326 ފިރިހެން ކެންޑިޑޭޓުން 43 އަންހެން ކެންޑިޑޭޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް