ads
އޮރެންޖް ޖޫސް: ލޮލާއި ހަމުގެ މައްސަލަތަކަށް ވެސް އެހީ ވެދޭ
ތާޒާ އޮރެންޖް ޖޫހުން ފިރިހެނުންގެ ހަނދާން ގަދަކޮށްދޭ
ތާޒާ އޮރެންޖް ޖޫހަކީ ފިރިހެނުންގެ ހަނދާން ގަދަކޮށްދޭން އެއްޗެއް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.
Advertisement

ނިއުރޮލޮޖީ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ބުނި ގޮތިގައި އޮރެންޖާއި ބެރީ އާއި އެ ނޫން ވެސް ރަތާއި ފެހިކަން ގަދަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން ތައްޔާރު ކުރާ ޖޫހަކީ އުމުރުން ދުވަސްވާ ވަރަކަށް ފިރިހެނުންނަށް ދިމާވާ ހަނދާން ނެތުމުގެ މައްސަލަ އިން ރައްކާތެރިކޮށްދޭ އެއްޗެކެވެ. 

އެހެންވެ އާންމުކޮށް އޮރެންޖް ޖޫސް ދިރިއުޅުމުގެ މުހިއްމު ބަޔަކަށް ހެދުން މުހިއްމު ކަމަށް ދިރާސާގައި ބުންޏެވެ. ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި އާދަވެގެން ކޮންމެ ދުވަހަކު ފިރިހެނުން އޮރެންޖް ޖޫސް ބޯ ނަމަ ހަނދާން ނެތެން ދިމާވާ މައްސަލަތަކުން 47 ޕަސެންޓަށް ރައްކާތެރިކޮށްދެ އެވެ.

  • ތާޒާ އޮރެންޖް ޖޫހުގެ ފައިދާ

 - ހަޖަމުވުން ރަނގަޅުކޮށްދޭ، ތާޒާ އޮރެންޖް ޖޫހުގައި ގިނަ އަދަދަކަށް ފައިބަރު ހިމެނޭއިރު، ހަޖަމުކުރުމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދޭ

 - އެންޓިއޮކްސިޑެންޓްސް އިން މުއްސަނދި ކޮށްދޭ

 - ހައިޑްރޭޝަން އަށް އެހީތެރިވެދޭ

 - ވިޓަމިން ސީ ލިބޭ

 - ޕޮޓޭސިއަމް ލިބޭ

 - ކެލްސިއަމް ލިބޭ

 - އަދި ދިފާއީ ނިޒާމު ވަރުގަދަކޮށްދެ އެވެ.

އޮރެންޖަކީ ދިފާއީ ނިޒާމު ވަރުގަދަކޮށްދޭ މޭވާއަކަށްވުމުން، ދިޔާ އެއްޗަކަށް އޮރެން ޖޫސް ބޭނުންކުރުން އިތުރުވަނީ އެވެ. މިއީ ސިއްހީ ގޮތުން ފައިދާހުރި އަދި އާންމުކޮށް ވެސް ގިނަ ބަޔަކު ކަރުހިއްކުން ފިލުވާލައި، ހަކަތަ އިތުރުކުރަން ބޭނުންކުރާ އެއް ޖޫހެވެ. އެހެންވެ އޮރެންޖް ޖޫސް މާ ބޮޑަށް ވައިގައި ހިފައިގެން އުޅެނީ އެވެ.

އޮރެންޖް ޖޫހާއި ހޯލް އޮރެންޖް އަކީ ނިއުޓްރިޝަނަލް ގޮތުން އެއްގޮތް އެއްޗެއް ނަމަވެސް މުހިންމު ބައެއް ތަފާތުތައް އެބަހުއްޓެވެ.

އެންމެ ފާހަގަކޮށްލެވޭ ކަމަކީ މުޅި އޮރެންޖަކާ އަޅާބަލާއިރު، އޮރެންޖް ޖޫސް އެއް ދިނުމުން ފައިބަރު ވަރަށް ބޮޑަށް މަދުވެ، ގާތްގަނޑަކަށް ދެގުނަ ކެލޮރީ އާއި ކާބްސް މިއީ ގިނައިން މޭވާގެ ހަކުރު ހުންނަ އެއްޗެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް