ads
އާރުޑީސީގެ 14 މިލިއަން ރުފިޔާގެ ޕެޓީކޭޝް މައްސަލައިގެ ތަހުގީގަށް ފުލުހުން އާރުޑީސީގެ އޮފީހުގައި.-- ފޮޓޯ: މިހާރު
އާރުޑީސީ މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގު ނިމެނީ : ފުލުހުން
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގެ) 14 މިލިއަން ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގުކޮށް ނިމުމާކައި ހަމައަށް އައިސްފައިވާކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ އާރުޑީސީ ހިޔާނާތުގައި ހިމެނޭ ފައިސާ ކޯވިޑްގެ ދުވަސްވަރު އެކުންފުނީގެ އިސް ވެރިންގެ އެކައުންޓަށް ޖަމާކޮށް ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ކޯވިޑުގެ ޙާލަތު ނިމުމުންވެސް އެެކަމަށް ބަދަލު ނުގެނެސް އޮޅުވާލައިގެން އެކަން ކުރަމުން އަައިސްފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ. ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގު ނިންމާ ވަރަށް އަވަހަށް ދައުވާކުރަން ފޮނުވޭނެކަމަށެވެ.

މި މައްސަލަ ހުށައެޅީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިކަމަށް ފުލުހުން ވަނީ ބުނެފައެވެ. 

މި މައްސަލަގައި 3 މީހެއްގެ އެކައުންޓަށް 14 މިލިއަންއަށް ވުރެން ގިނަ ފައިސާ އާރްޑީސީއިން ފޮނުވާފައިވާ ކަމަށާއި މީގެ އިތުރުން ސަރުކާރުގެ އިސްވެރިންގެ އެކައުންޓަށް އަދި އާރްޑީސީގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ އެކައުންޓަށް ފައިސާ މި 3 މީހުން ފޮނުވާފައިވާ ކަމަށް ފުލުހުން ކުރިން ވަނީ ބުނެފައެވެ. 

އާރްޑީސީގެ އެކައުންޓުން އެތަނުގެ އެއް މުވައްޒަފުގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.  

މީގެ އިތުރުން 160 ހާސް ރުފިޔާ ކުންފުންޔާ ގާތް ގުޅުމެއް ބާއްވާ ފަރާތެއްގެ އެކައުންޓަށް ފޮނުވާ ލެވިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން 3 ތަނެއް ބަލާ ފާސް ކުރިކަމަށާއި އެ ތަންތަނުން ބޭނުންވާ އެތަށް ބައިވަރު ޑޮކިއުމަންޓުތަކެއް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެ އެވެ.

މި މައްސަލަގައި މައިގަނޑު ހިމެނެނީ 3 ފަރާތެއް ކަމަށް އެ އިދާރާއިން ބުނެ އެވެ. މީގެ އިތުރުންވެސް މި މައްސަލަގައި އާރްޑީސީގެ 10-15 ވަރަކަށް ސްޓާފުން ހިމެނޭ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް