ads
އެމްއެންޕީގެ ޑެޕިއުޓީ ލީޑަރު ހުސެއިން، ޖީހާނާއީ ރާއިސް ސޯލިހާ ބައްދަލުކުރައްވަނީ
އެމްއެންޕީގެ ހުސައިންގެ ތާއީދު އިދިކޮޅު އެމްޑީޕީގެ ޖީހާނަށް
ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ މޯލްޑިވްސް ނެޝަނަލް ޕާޓީގެ (އެމްއެންޕީ)ގެ ޑެޕިއުޓީ ލީޑަރު ހުސެއިން އިސްމާއިލް، ހިންނަވަރު ދާއިރާއަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން ވާދަކުރައްވާ ޖީހާން މަހްމޫދަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ހުސެއިން މިއަދު ވަނީ ޖީހާން އާއި އެމްޑީޕީގެ އެޑްވައިޒަރު އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލު ކުރައްވާފަ އެވެ. ހިންނަވަރު ދާއިރާގައި ޖީހާންއަށް ތާއީދު ކުރަން އޭނާ ނިންމެވިކަން އިއުލާނުކުރެއްވީ އެ ބައްދަލުވުމުގަ އެވެ.

މަޖިލިސް އިންތިހާބުގައި ޖީހާންގެ އިތުރުން ހިންނަވަރު ދާއިރާ އަށް އިތުރު ދެ ކެންޑިޑޭޓަކު ވާދަކުރައްވަ އެވެ. އެއީ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާނާއި، ޕީއެންސީ ޕްރައިމަރީގައި ނާކާިޔާބުވުމުން އަމިއްލަ ގޮތުން ވާދަކުރައްވާ އަބްދުއްސަލާމެވެ.

އިދިކޮޅު ޕާޓީގެ ޖީހާންއަށް ތާއީދު ކުރައްވަން ނިންމެވި ހުސެއިން މީގެކުރިން ހުންނެވީ މި ސަރުކާރުގެ އެގްރިކަލްޗަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގަ އެވެ. ނަމަވެސް ޖެނުއަރީ 19 ވަނަ ދުވަހު ވަކި ސަބަބެއް ހާމަނުކޮށް އޭނާ ވަނީ އެ މަގާމުން ދުރުކުރެވިފަ އެވެ.

ވިހި ވަނަ ރައްޔޔިތުންގެ މަޖިލިސް އިންތިހާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިހާބު ކުރާނެ އެވެ. އިންތިހާބުގައި ވާދަކުރަނީ ޖުމްލަ 371 ކެންޑިޑޭޓުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް