ads
އީވާ
ދަރަނި ބަލަހައްޓަން ގެންގުޅޭ ސިޔާސަތުތައް ހާމަކުރަންޖެހޭ
ދައުލަތުގެ ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ދަރަނި އަނބުރާ ދެއްކުމަށް ސަރުކާރުން ގެންގުޅޭ ޕްލޭން ހާމަކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް މިއަދު ހުށަހަޅައިފި އެވެ.
Advertisement

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ގަރާރު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އެވެ. 

އީވާ ހުށަހެޅުއްވި ގަރާރަކީ ދައުލަތް ދަރަނިވެރިވެފައިވާ މިންވަރު ދެނެގަނެ، ދަރަނި ބެލެހެއްޓިފައިވާ ގޮތާއި ދަރަނި އަނބުރާ ދައްކަން ދައުލަތުގެ އާމްދަނީ ދެނެގަންނަ މިންވަރު ބަލައި ދަރަނި ބެލެހެއްޓުމަށް ސަރުކާރުން ކުރާ މަސައްކަތް ހަރުދަނާ ކުރުމަށް ގޮޮވާލައި ހުށަހެޅުއްވި ގަރާރެކެވެ.

އެ ގަރާރުގައި، އީވާ ވިދާޅުވީ، އެކަމާ ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމެޓީ އިން 27 އޮކްޓޯބަރު 2020ގައި ފާސްކޮށް ސަރުކާރަށް ލަފާދިން ކަމަށެވެ. 

އީވާ ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރާނެ ހާއްސަ ކޮމެޓީއެއް އެކުލަވާލައި ރާއްޖެ އާއި ބޭރުގެ ކަމާ ގުޅޭ މާހިރުންގެ ލަފާ ހޯދައި ކޮމެޓީއާ ގުުޅޭ މަސައްކަތްތައް އަށް މަސް ތެރޭ ނިންމައި މަސައްކަތްތަކާ ގުޅޭ ރިޕޯޓު ރައީސަށާއި މަޖިލީހަށް ހުށަހަޅަން އެންގި ނަމަވެސް، އެކަން އޭރު އެގޮތަށް ކޮށްފައި ނުވާކަމުގަ އެވެ 

މީގެ އިތުރުން، ދައުލަތުގެ ނަމުގައި ގެރެންޓީ ދޫކުރުމުގެ އުސޫލު ކަނޑައަޅާފައިވާ ގޮތަށް އެކަން ކުރިއަށް ގެންގޮސް، ދައުލަތުގެ މެދު ރާސްތާގެ ދަރަނީގެ ސްޓްރެޓަޖީ މުރާޖައާކޮށް، ދަރަނީގެ ސްޓްރެޓަޖީ ތަންފީޒު ކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް ފާހަގަކޮށް، ނަތީޖާ ހާސިލްވެވޭނެ ގޮތުގެ ރިޕޯޓު މަޖިލީހަށް ހިއްސާ ކުރަން އެންގި ނަމަވެސް، އެކަން އެގޮތަށް ކޮށްފައި ނުވާކަން ވެސް އެ ގަރާރުގައި ވަނީ ފާހަގަކޮށްފަ އެވެ.

އީވާ ފާހަގަކުރެއްވު ގޮތުގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނަށް އިސްލާހު ހުށަހަޅަން މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމަނާފައި ވާއިރު، ކޮންމެ ސަރުކާރެއް ވެސް ވެރިކަމާ ހަވާލުވާއިރު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި ދަރަނި ބެލެހެއްޓިފައިވާ ގޮތް އަދި ދަރަނި އަނބުރާ ދައްކަން ގެންގުޅޭ ޕްލޭން އާންމު ކުރަން ޖެހޭ ގޮތަށް ގާނޫނުގައި ހިމެނުމަކީ މުހިއްމު ކަމެކެވެ.

އީވާ ހުށަހެޅުއްވި ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުން ރާއްޖޭގައި ހިންގާ ޕަބްލިކް އިންވެސްޓުމެންޓު ޕްރޮޖެކްޓުތަކުގައި ގައުމުގެ ތަރައްގީއަށް ވާސިލްވާނެ އަމާޒެއް ފެންނަން ނެތް ވަށާ ޖެހޭ ތަރައްގީގެ ޕްލޭނެއް އެކުލަވާލަން ޖެހޭ ކަމަށްވެ އެވެ.

އެ ޕްލޭނަކީ ރާއްޖޭގެ މާލީ ހާލަތު ތަން ދޭ އެއްޗަކަށް ވާން ޖެހޭކަމަށާއި މާލީ އަދި އިގްތިސޯދީ ގޮތުން ވެސް ގައުމު ކުރިއަރާނެ ސިޔާސަތަކަށް ވާން ޖެހޭ ކަމަށް އީވާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް