ads
ލައިވް ކުރުމުގައި ހަރަކާތްތެރިވި ކުދިން
ކުޑަހުވަދޫ ސްކޫލުގެ ސްޕޯޓްސް ފެސްޓިވަލް ލައިވްކޮށްލީ ދަރިވަރުން..!
ކީ-ސްޓޭޖް 3 ގެ ދަރިވަރުންގެ ސްޕޯޓްސް ފެސްޓިވަލްގެ ފައިނަލް އާއި ނިންމުމުގެ ރަސްމިއްޔާތު ލައިވްކުރުމުން ފެށިގެން، އެ މަންޒަރުތައް ފަހަށް ރައްކާކުރުމުގެ ހުރިހާ ކަމެއްގައި ބައިވެރިވީ ދ. ކުޑަހުވަދޫގައި ހުންނަ އެ ސްކޫލުގެ އާޓް އެންޑް މީޑިއާ ކްލަބުގެ ދަރިވަރުންނެވެ.
Advertisement

މި މަހުގެ 1-10 އަށް ބޭއްވި ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތުގެ ކަވަރޭޖުގައި އެ ސްކޫލުގެ ގްރޭޑު 9 އަދި 10 ގެ 10 ވަރަކަށް ދަރިވަރުން ބައިވެރިވި އެވެ.

މީޑިއާ ކްލަބްގައި މިހާރު ވެސް ގްރޭޑު 6 އިން ފެށިގެން މަތީގެ ދަރިވަރުން ބައިވެރިވެ އެވެ.

އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ބުނީ، ސްޕޯޓްސް ފެސްޓިކަލްގެ ކަވަރޭޖުގައި ބައިވެރިވެގެން ދަރިވަރުންނަށް ގިނަ ކަންކަން ދަސްވެފައިވާ ކަމަށެވެ.

އެކަންކަމުގެ ތެރޭގައި ކުޅިވަރު ހަރަކާތެއްގައި ގިނަ ކެމެރާ ސެޓަޕެއް ބޭނުންކޮށްގެން ޝޮޓް ހަދާނެ ގޮތްތަކާއި އިންޓަކޮމް ސިސްޓަމް މެދުވެރިކޮށް މުއާމަލާތްކުރުމުގެ ހުނަރު ދަސްކޮށްދީފައިވެ އެވެ.

your imageލައިވް ކުރުމުގައި ހަރަކާތްތެރިވި ކުދިން 

އޭގެ އިތުރުން ބޫމް މައިކް އޮޕަރޭޓްކުރާނެ ގޮތާއި ކުޅިވަރު ކުޅޭ ތަނެއްގައި، އެ ތަނުގެ އަސްލު އޯޑިއޯ ބަލަހައްޓާނެ ގޮތްތައް އަދި ތަފާތު 2 އޯޑިއޯ މިކްސަރު މެދުވެރިކޮށް ސްޓޭޖް އޯޑިއޯ މައިކްރޯފޯން ބަލަހައްޓާނެ ގޮތް ކިޔައިދީފައިވާ ކަމަށް، މީގެ ހަތަރު ދުވަސްކުރިން އެ ޕޭޖުގައި ކުރި ޕޯސްޓުގައި ބުންޏެވެ.

ސްކޫލުން ބުނީ އެ ހަރަކާތުގައި ދަރިވަރުން ބައިވެރިކުރުމުގެ ބޭނުމަކީ ޕްރޮފެޝަނަލް މަލްޓި ކެމެރާ ލައިވް ޕްރޮޑަކްޝަން މާހައުލެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ހޯދައިދިނުމަށް ކަމަށެވެ.

your imageލައިވްކުރުމުގައި ހަރަކާތްތެރިވާ ކުދިން 

އެހެންވެ، އޭގެ ހުރިހާ އިންތިޒާމެއް ހަމަޖައްސާފައި ވަނީ ޓީވީ ބްރޯޑްކާސްޓިންގެ މިންގަނޑުތަކާ އެއްގޮތަށެވެ. އޭގެ ސަބަބުން ދަރިވަރުން މުސްތަގުބަލުގައި ބޭނުންކުރާނެ ތަޖުރިބާ ހޯދައިދިނުމުގެ އަމާޒަށް ވާސިލްވުމުގެ މަގު ފަހިވެގެން ގޮސްފައިވާ ކަމަށް ސްކޫލުން ބުންޏެވެ.

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ އާޓް އެންޑް މީޑިއާ ކްލަބުގެ ދަރިވަރުން މިހާރު އަންނަނީ ވީޑިއޯ ޕްރޮޑަކްޝަނާއި އޯޑިއޯ ތިއަރީގެ ތަމްރީނުތައް ހަދަމުންނެވެ. އެއާއެކު، އެ ކުދިންނަށް މަސައްކަތުގެ މާހައުލުގައި ބޭނުންވާ ތަމްރީނު ވެސް ދެމުން އަންނަ ކަމަށް، އެ ޕޭޖުގައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް