ads
ޖާބިރު
ޓިކެޓް އަތުލުމުން އެމްޑީޕީއާ ދެކޮޅަށް ޖާބިރު ކޯޓަށް
ޕާޓީ ޓިކެޓު އަތުލައި، ޕާޓީން ވަކިކުރި މައްސަލައިގައި ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެމްޑީޕީއާ ދެކޮޅަށް، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ދައުވާ ކޮށްފި އެވެ.

ޖާބިރު، ޕާޓީން ވަކިކޮށް، އަދި ޕާޓީގެ ޓިކެޓް އެހެން ކެންޑީޑޭޓަކަށް ދީފައިވާތީ އެކަމާ ގުޅިގެން ޖާބިރު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި، އެމްޑީޕީ ޓިކެޓުގައި އެހެން މީހަކަށް ވާދަނުކުރެވޭނެ ގޮތަށް އަމުރެއް ނެރެދިނުމަށްވެސް އެދިފައިވެ އެވެ. އެހެންނަމަވެސް އެ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން މިއަދުވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމާފައިވަނީ ގާޒީ ޒުލައިހާ ޝީޒާއެވެ.

އެމްޑީޕީގެ ޕްރައިމެރީ ނިމުނު ފަހުން ޖާބިރު އެމްޑީޕީންވަކިކޮށްފައިވަނީ ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީ އެވެ. އެމްޑީޕީން ބުނީ ޕާޓީގެ މެންބަރެއްގެ ގޮތުގައި އަދި ޕާޓީގެ ކެނޑިޑޭޓަކަށްވެހުރެ، މުޖުތަމައުގެ އާއްމު މިންގަނޑާ ޚިލާފަށް ރައްޔިތުންނާއި ބޭއަދަބީ ބަހުރުވައިން މުޢާމަލާތްކޮށް މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާކަމަށެވެ. އަދި ޖާބިރުގެ އެ އަމަލަކީ ޕާޓީއާ ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަކިކުރުމުން ޖާބިރު މަޖިލިސް އިންތިހާބުގައި ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. ޖާބިރު އަތުން ޓިކެޓް އަތުލުމަށް ފަހު އެމްޑީޕީ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރަނީ މަޝްހޫރު ގާނޫނީ ވަކީލް އަބްދުﷲ ނަސީރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް