ads
ހިޔާ އަވަށް
ހިޔާ ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރަނީ
ހިޔާ ސަރަހައްދުގައި ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

އާންމުންނަށް ސީދާ ރައީސާ ސުވާލުކުރެވޭ 'ރައީސްގެ ޖަވާބު' ސިލްސިލާގައި މިއަދު ހިޔާ ފުލެޓު H-12-02-01، ނިޝްރީނާ މޫސާ ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުޅިވަރު ކުޅޭނެ އެކަށީގެންވާ ވަސީލަތްތައް ނެތުމާއި ގުޅިގެން ކަންބޮޑުވެފައެވެ.

"ކަނބަލުންނަށް ކުޅިވަރު ކުޅެވޭނެ ކަހަލަ އެއްވެސް ކަހަލަ އިންތިޒާމެއް [ދެވަނަ ފިޔަވަހީގައި] ނެތް،" އޭނާ ބުންޏެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ މި ސަރުކާރުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރަންޖެހޭ ކަންކަން ކުރަން ނިންމާފައިވާ ކަމަށެވެ. 

އޭގެ ތެރެއިން ކުޅިވަރު ކުޅޭ ތަންތަނާއި ޕާކް ތަކާއި ހިތް ފަސޭހަ މައިދާން ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި މެދު މިހާރުވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. 

"އެކި ފަރާތްތަކާއި ގުޅިގެން 2 ވަަނަ ފިޔަވަހީގައި އަޅަން ޖެހޭ ކުޅިވަރު ކުޅޭ މަރުކަޒުތައް އަޅަން ނިންމާފައިވޭ. ވީހާ ވެސް އަވަހަކަށް އެކަންތައް ފެށުމުގެ މަސައްކަތް ކުރާނަން" ރައީސް ވިދާޅުވި އެވެ.

ހިޔާ ސަރަހައްދަކީ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭ ސަރަހައްދަކަށްވުމުން އެ ސަރަހައްދުގައި އަޅަން ޖެހޭ ތަންތަން ވީހާވެސް އަވަަހަކަށް އަޅާ ނިންމުމަށް އެޗްޑީސީ އާއި އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ. 

މި ތަންތަނުގެ ތެރޭގައި އަންހެން ބޭފުޅުންނައް ހާއްސަކޮށް އަޅާ ކުޅިވަރު ކުޅޭ ތަންތަން ހުންނާނެ ކަމަށާއި އެ ތަންތަން  ވީހާވެސް އަވަހަކަށް އެެތަންތަނުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް