ބޭނުންވާ ތަކެތި:
1 ކިލޯ ބީފް
ކުޑަ ލޮނު އަދި މުގުރި އަސޭމިރުސް
1.5 މޭޒުމަތީ ސަމުސާ ކައްކާ ތެޔޮ
4 ފޮތި ޗީޒް
4 ބާގާ ބަނަސް
ބީފް ހަތަރު ބައި ކޮށްލުމަށް ފަހު، ލޮނު ކޮޅަކާއި އަސޭމިރުސް ކޮޅެއް އަޅައި ފަސް ވަރަކަށް މިނެޓު ވަންދެން މަޑު ގިނީގައި ތެލުލާށެވެ. ބޭނުން ނަމަ ބަނަސް ވެސް ފިހެލެވިދާނެ އެވެ.
ބީފް ތެލުލެވުމުން، ބަނަސް ދެފަޅިއަށް ފަޅާލުމަށް ފަހު، މެދަށް ބީފްކޮޅު ލާށެވެ. އެއަށްފަހު އޭގެ މަތީގައި ޗީޒް ފޮއްޗެއް ބާއްވާށެވެ.
އަވަން 180 ޑިގްރީ ސެލްސިއަސް އަށް ހޫނުކޮށްލުމަށްފަހު 5 މިނިޓް ވަންދެން ބާގާ ބަނަސްތައް ފިހެލާށެވެ. ނޫނީ ކިޔުންތެރިންނަށް ކަމުދާ މިންވަރަކަށް ޗީޒްތައް މެލްޓްވެލަންދެން ބަނަސްތައް ފިހެލިޔަސް މައްސަލައެއްނެތެވެ.
ކުޅުދިޔާވެއްޖެދޯއެވެ. އަވަހަށް މި ސަޅި ރެސިޕީ ތައްޔާރުކޮށް އަހަރެމެން އެންމެންނާ ފޮޓޯތައް ހިއްސާކޮށްލާށެވެ.