ads
ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް
އަންހެނުންނަށް ގޮނޑި ހާއްސަކުރާ އިސްލާހެއް ގާނޫނު އަސާސީއަށް
ސިޔާސީ ޕާޓީތަކުން އިންތިޚާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަ ކުރަންވާނެ ކަމަށް ބަޔާންކޮށް، ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީތަކުން އިންތިޚާބީ ދާއިރާއަކަށް ވާދަކުރާ ކޮންމެ 10 ދާއިރާއަކުން އެއް ދާއިރާ އަންހެން ކެންޑިޑޭޓަކަށް ހާއްސަ ކުރަންވާނެ ކަމަށް ބަޔާންކޮށް، ގާނޫނު އަސާސީ އިސްލާހު ކުރަން ހުށަހެޅީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. މި ހުށަހެޅުމުގެ ފުރަތަމަ ކިޔުން މަޖިލީހުގައި މިއަދުވަނީ އިއްވާފައެވެ.

އާޒިމްގެ ހުށަހެޅުމަކީ، އަންހެނުންނަށް ގޮނޑި ހާއްސަ ކުރުމުގެ އިތުރުން މަޖިލީހުގެ އަދަދު ކޮންޓްރޯލް ކުރުމެވެ.

މަޖިލީހުގެ މެންބަރުގެ އަދަދާ ގުޅޭ ގޮތުން އާޒިމްގެ ހުށަހެޅުން

1. އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 6000 މީހުންނާއި 12000 މީހުންނަށް 1 މެންބަރު.

2. އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 12000 މީހުންނާއި 18000 މީހުންނަށް 2 މެންބަރުން.

3. އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 18000 މީހުންނާއި 24000 މީހުންނަށް 3 މެންބަރުން.

4. އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 24000 މީހުންނާއި 36000 މީހުންނަށް 4 މެންބަރުން.

5. އިދާރީ ދާއިރާތަކުގެ ތެރެއިން ޖުމްލަ އާބާދީ 36000 މީހުންނަށް ވުރެ ގިނަ ނަމަ 5 މެންބަރުން.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް