ads
މިފްކޯގެ ހިންގުން ވަނީ ސީއެފްއޯ އިލްޔާސް ހަނީފާ ހަވާލުކޮށްފައި - ފޮޓޯ: މިފްކޯ
ޕީސީބީން މައްސަލަ ބަލައި ނިމެންދެން މިފްކޯ ހިންގުން އިލްޔާސް ހަނީފަށް
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިފްކޯގެ ސީއީއޯ ސަމާހު ރަޝީދުގެ މައްސަލަތައް ބަލައި ނިމެންދެން ކުންފުނި ހިންގުން ސީއެފްއޯ އިލްޔާސް ހަނީފާ ހަވާލުކޮށްފި އެވެ.

ޕީސީބީން މިފްކޯގެ މައްސަލަތަކެއް ބަލަމުން އަންނާތީ އެ ކުންފުނީގެ ސީއީއޯ ސަމާހު ރަޝީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރިކަން އެ ބޯޑުން އިއްޔެ ވަނީ އިއުލާންކޮށްފަ އެވެ.

ޕީސީބީން ބުނީ ސަމާހު ސަސްޕެންޑްކުރީ އެ ބޯޑަށް ހުށަހެޅި ކޯޕަރޭޓް ގަވަނަންސްއާ ގުޅޭ މައްސަލަތަކެއްގެ ފުރިހަމަ އިންކުއަރީއެއް ކުރިއަށް ގެންދިޔުމުގެ ގޮތުން ކަމަށެވެ. ސީއީއޯ ސަމާހު ސަސްޕެންޑްކުރީ ދެ ހަފްތާގެ މުއްދަތަކަށެވެ. 

ޕީސީބީން ވަނީ އެ ބޯޑުގެ އިރުޝާދުގެ ދަށުން ކުންފުނީގެ ދުވަހުންދުވަހަށް ނިންމަން ޖެހޭ ކަންކަން ވިލަރެސްކުރުމަށްޓަކައި އެ ކުންފުނީގައި މިވަގުތު ތިބި އެންމެ އިސްވެރިންނާއި ދެ މެނޭޖަރަކު ހިމެނޭ ގޮތަށް ފަސް މެމްބަރުންގެ ވަގުތީ އޯވަސައިޓް ކޮމިޓީއެއް ވެސް އެކުލަވާލާފަ އެވެ. މި ކޮމިޓީގެ ޗެއާއަކަށް ހަމަޖެއްސީ މިފްކޯގެ ޗެއާމަން އަހުމަދު ޝަރީފެވެ.

ހަރަދުތަކަށް ނުބަލާ، ޒާތީ މަސްލަހަތު އިސްކޮށް މުވައްޒަފުންނަށް ބިރު ދައްކަމުން މިފްކޯ ހިންގާ ކަމަށް ތުހުމަތު ސަމާހުގެ މައްޗަށް އުފުލިފައި، އެކަން އެގޮތަށް ކުރާނަމަ އެކަން ހުއްޓާލުމަށް މީގެ ކުރިން ޕީސީބީން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް