ads
ވިއްސާރަ ދުވަހެެއްގައި ދިޔަ ދޮއްވަކުން މަގުމައްޗަށް ފެން ފައިބަނީ. މިގޮތަށް ހުރި އިމާރާތްތައް ވަރަށް ގިނަ
ދިޔަދޮވިތަކާއި އޭސީތަކުން މަގުމައްޗަށް ފެންފައިބާ ތަންތަން ރަނގަޅުކުރަން އަންގަނީ
ދިޔަދޮވިތަކުން މަގުމައްޗަށް ފެންފައިބާ ގޮތަށް ހުރި އިމާރާތްތަކެއް މަރާމާތުކުރުމަށް މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.

މާލޭ މޭޔަރު އާދަމް އާޒިމް ވިދާޅުވީ ދިޔަދޮވި އަދި  އޭސީ ތަކުން މަގުމައްޗަށް ފެންފައިބާ 12 އިމާރާތެއް އިންސްޕެކްޓް ކޮށްފައިވާކަމަށެވެ. އަދި އެތަންތަން މަރާމާތުކުރުމަށް ވެރިފަރާތަށް މިއަދު ސީޓީ  ކައުންސިލް އިންއަންގާފައިވާކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

" އަޅުގަޑު ލޮބުވެތި ރައްޔިތުންގެ އަރިހުން އެދެނީ މިގޮތަށް ހުރި ހުރިހާތަނެއް ވީހާވެސް އަވަހަކަށް ރަގަޅުކޮއްދެއްވުމަށް." މޭޔަރު އާޒިމް ވިދާޅުވިއެވެ.

ދިޔަދޮވިތަކުން ނުވަތަ އޭސީ ފައިބާ ފެން މަގުމައްޗަށް ފައިބާ ގޮތަށް ހުންނަ އެތައް އިމާރާތެއް މާލޭގައި އެބަހުއްޓެވެ. އަދި އެއްޗެހި ދޮވެފައި ހުންނަ ފެން މަގުމައްޗަށް ދޫކޮށްލާ އިމާރާތްތައްވެސް މާލޭގައި އެބަހުއްޓެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް