ads
އެސްޓީއޯ ހެޑް އޮފީސް
އެސްޓީއޯގެ ހެޑް އޮފީހުގެ ފޮޓޯއެއް ނަގައިގެން ގިފްޓް ވައުޗާއެއް ލިބެނީ
އެސްޓީއޯގެ ހެޑް އޮފީހުގެ ފޮޓޯއެއް ނަގައިގެން ގިފްޓް ވައުޗާއެއްގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފި އެވެ.
Advertisement

އެ ކުންފުނިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މި ކޮންޓެސްޓް ކުރިއަށްދާނީ އަންނަ މަހުގެ 9 ވަނަ ދުވަހަށް ކަމަށެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް އެސްޓީއޯ ހެޑް އޮފީހުގެ ރީތި ފޮޓޯއެއް ނެގުމަށްފަހު ފޭސްބުކަށް ޕޯސްޓްކޮށްލުމުން އެންމެ ގިނަ ލައިކް ލިބޭ ފޮޓޯ އަކަށް 5000 ރުފިޔާގެ ގިފްޓް ވައުޗަރ އެއް ލިބިގެން ދާނެކަމަށް އެ ކުންފުނިން ބުނެ އެވެ. 

ޓިކްޓޮކް ކުޅޭ ފަރާތްތަކަށް ހެޑް އޮފީސް އަރާ ގޮތަށް ޓިކްޓޮކެއްވެސް ކުޅެލެވިދާނެ ކަމަށާއި މި ގިފްޓް ވައުޗަރ އިން ކޮންސްޓްރަކްޝަންސް ކޮންމެ އައުޓްލެޓަކުންވެސް 5000 ރުފިޔާގެ އަގުހުރި އިނާމެއް ލިބިދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.


ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯއިން ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން ވެސް އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ފިހާރަތަކުގައި ވަނީ ފެށިފަ އެވެ. 

މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމާއި ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް (ނިޕޯން ޝޯރޫމް) އަދި ލ. ފޮނަދޫގެ ފިހާރައިގައި ކަމަށް އެސްޓީއޯއިން ބުނެ އެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.

އެސްޓީއޯ "ރަމަޒާން ބާޒާރު"ގައި ކޮންމެ 500 ރުފިޔާގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެ އެވެ. އަދި ނަސީބުވެރިން ހޮވާނީ ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސް ނިމުމުން ނެގޭ ގުރުއަތުންނެވެ.

އެސްޓީއޯއިން ބުނީ މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން ހަ ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ގެނެވިދާނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މިގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް