ads
އަލަށް ތައާރަފުކުރި ބަގީގައި ބަޔަކު ތަވާފްކުރަނީ
މިހާރު ބަގީގައިވެސް ހަރަމްގައި ތަވާފް ކުރެވޭ
ބަގީގައި ތަވާފު ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާ އެކަމަށް ހަރަމަފުޅުގައި ވަކި ސަރަހައްދެއް ސައުދީ ސަރުކާރުން ކަނޑައަަޅައިފިއެވެ.
Advertisement

މީގެކުރިން ހަރަމްގެ 3 ވަނަ ފަންގިފިލާގައި ބެޓެރި ސްކޫޓަރުގައިވެސް ތަވާފްކުރެވެއެވެ. 

ސައުދީ ސަރުކާރުން ބުނީ ބަގީގައި ތަވާފް ކުރެވޭނެ އިންތިޒާމު ހަރަމްފުޅުގައި ހަމަޖެއްސީ ހައްޖުވެރިންގެ އަދަދު ގިނަވުމުން ފަސޭހަ އިންތިޒާމުތައް ހަމަޖައްސާދިނުމުގެ ގޮތުން ކަމަށެވެ. ބަގީގައި ތަވާފް ކުރެވެނީ މިސްކިތުގެ އެމްމެ މަތީ ޓެރެސްގައި އެކަމަށް ހާއްސަކުރެވިފައިވާ ސަރަހައްދުގައެވެ. ޓެރަހުން ބަގީއަށް ހާއްސަކުރި ސަރަހައްދަކީ ކުރިން ހިންގާފައި ތަވާފް ކުރެވޭ ގޮތަށް އޮތް ބައެވެ.

ރޯދަ މަހަު އުމްރާއަށްދާ މީހުން ގިނަވެ ސައުދީ ސަރުކާރުން ވަނީ ހަރަމްފުޅު ބޭނުންކުރަން އެކި ފަންގިފިލާތައް ބަހާލާފައެވެ. މިގޮތުން މަތާފް ސަރަހައްދު (ގެފުޅު) ހުންނަ ބަޔަށް ވަދެވޭނީ ހަމައެކަނި އުމްރާކުރަން އަންނަ އިހްރާމްގައި ތިބޭ މީހުންނަށް އެކަންޏެވެ. އަދަި މިސްކިތުގެ ފުރަތަމަ ފަންގިފިލާއަށްވެސް ވަދެވޭނީ އިހްރާމުގައި ތިބޭ މީހުންނަށް އެކަންޏެވެ. ދަވަނަ ފަންގިފިލާ އަދި ޓެރަސް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ. 

މި ރޯދަމަހު އުމްރާގެ އަޅުކަމަށް ދާ އުމްރާވެރިންނަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު އުމްރާކުރުމަށް ފުރުސަތު ނުދެވޭނެކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފައެވެ. 

މި ރޯދަ މަހު އުމްރާއަށް އެ ޤައުމަށްދާ ކޮންމެ މީހަކަށްވެސް އުމްރާ ކުރެވޭނީ އެއް ފަހަރުކަމަށް ސައުދީގެ ހައްޖާއި އުމްރާ މިނިސްޓްރީން ވަނީ ބުނެފައެވެ. މިގޮތަށް ނިންމީ މީ ރޯދަމަސްކަމަށް ވުމުން ހަރަމްފުޅު ތޮއްޖެހުން ކުޑަކޮށް ހުރިހާ އެންމެނަށް ފަސޭހަކަމާއި އެކު އަޅުކަން އަދާކުރުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށާއި އެހެންކަމުން އެ ނިންމުމަށް ހުރިހާ އުމްރާވެރިންވެސް ކަމޭހިތުމަށް ސައުދީ ސަރުކާރުން ވަނީ ގޮވާލާފައެވެ. 


100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް