ސައުދީ ސަރުކާރުން މިގަޑި ބިނާކޮށްފައި މިވަނީ އަބްރާޖް އަލް-ބައިތުގެ ނަމުން ނަންދީފައިވާ މި އިމާރާތުގެ އެންމެ އުހަށް ބިނާކޮށްފައިވާ ޓަވަރުގައެވެ. އިމާރާތުގައި ޖުމްލަ 7 ޓަވަރު ހުރެއެވެ.
މައްކާ ކްލޮކް ޓަވަރަކީ ދުނިޔޭގައި ހަތަރުވަނައަށް މިވަގުތު ހުރި އެންމެ އުސް އިމާރާތެވެ. މީ ސައުދީގައި ހުރި އެންމެ އުސް އިމާރާތެވެ. 2012 ވަނަ އަހަރު މި އިމާރާތްކޮށް ނިންމި އިރޫ މީ އޭރޔ ދުނިޔޭގައި ދެވަނައަށް އެންމެ އުސް ބިނާއެވެ.
އެންމެ އަގުބޮޑު އެއް މަޝްރޫއު، އިންޖިނޭރުންނަށްވެސް ގޮންޖެހުންތައް
ކޮލްކް ޓަވަރު އިމާރާތްކުރުން އޭރު އިންޖިނޭރުންނަށްވެސް ވީ ބޮޑު ގޮންޖެހުމަކަށެވެ. މި މަސައްކަތް ސައުދީ ސަރުކާރުން ހަވާލުކުރީ އިމާރާތްކުރުމުގެ ސިނާއަތުގައި ސައުދީގެ އެންމެ ބޮޑު އަދި އެންމެ ކުޅަދާނަ ކުންފުންޏަށެވެ. އެހެހްނަމަވެސް އެ ކުންފުންޏަށްވެސް މިކަން އެކަނި ނުވުމުން ދުނިޔޭގެ ނަން މަޝްހޫރު އިންޖިނޭރުން މި މަސައްކަތުގައި ބޭނުންކުރަން ޖެހުނެވެ.
މި އިމާރާތުގެ މަސައްކަތައް ސައުދީ ސަރުކާރުން ވަނީ 15 ބިލިއަން ޑޮލަރު ހޭދަކޮށްފައެވެ. މީ މިހާތަނަށް އިމާރާތެއްކުރަން ދުނިޔޭގައި މިހާތަނަށް އެންމެ ބޮޑު ހޭދައެއް ކުރި 2 ވަނަ އިމާރާތެވެ. މިގަޑި އިާރާތްކުރި އިރި އިންޖިނޭރުންނަށް އެންމެ ބޮޑު ގިންޖެހުމަކަށްވީ އެހާ އުހުގައި އކުރާ އިމާރާތެއްކަމުން ވައި އަޅާ ވެއްޓިދާނެކަމުގެ ބިރުއެވެ. އެންމެ ފަހުން އެތައް ސަތޭކަ ޑިޒައިންތަކަކަށް ފަހު ގަޑި އިމާރާތްކޮށްފައި އެހެރީ އޭގެ ހަތަރު ކަނުން ވައި ދަތުރުކުރާނެ ގޮތަށް ފަރުމާކޮށްގެންނެވެ.
ކަށީގެ ބޮޑުމިންވެސް 32 މީޓަރު، 10 ކިލޯމީޓަރު ދުރަށް ފެނޭ
މައްކާ ރޯޔަލް ކްލޮކް ޓަވަރުގެ ހަތަރު ފަރާތައް ފެންނަން ހުންނަ ކޮންމެ ގަޑިއެއްގެ ވަށަމިނުގައި 46 މީޓަރު ހުރެއެވެ. ގަޑީގެ މައި ކަށީގެ ދިގުމިނުގައި 32 މީޓަރެވެ. ކުޑަ ކަށީގެ ދިގުމިނަކީ 17 މީޓަރެވެ. ކޮންމެ ކައްޓެއްގެ ފުޅާ މީނުގައި 3 މީޓަރު ހުންނައިރު ކަައްޓެއްގެ ބަރުދަނަކީ 6 ޓަނެވެ. ކޮންމެ ކައްޓެެއް ހަދާފައިވަނީ 2000 ކިލޯގެ ފައިބަރު ބޭނުންކޮށްގެންނެވެ. ގަޑީގެ މަތިން ލިޔެފައިވާ ﷲގެ އިސްމުފުޅުގައި އިންނަ އަލިފުގެ ދިގުމިނުގައިވެސް 23 މީޓަރު ހުރެއެވެ.
ދުވާލާ ރޭގަނޑަށް ފެންނަގޮތަށް ހަދަން 2 މިލިއަން ލެޑް ބޮކި
ގަޑި ޓަވަރުގައި އެ ހުންނަ ގަޑިއަކީ ދުވާލާއި ރޭނގަޑަށް ކިޔަން ފަސޭހަ ގޮތަށް ބަލައިގެން އުފައްދަން ޖެހުނު އެއްޗެއްކަމުން އިންޖިނޭރުންނަށް އަނެއްކާވެސް އުނދަގޫތަކާއި ކުރިމަތިލާންޖެހުނެވެ. އެކަމަށް އަނެއްކާވެސް ޓެސްޓްތަކެއް ހަދަން ޖެހުނެވެ. އެންމެ ފަހުން ޓަވަރުގެ މަތިން މިހާރު ފެންނަ އެހަރަވަރުގެ ގަޑިއެއް ޖަރުމަނުގައި ހަދާ ދުވާލާއި ރޭގަނޑު އެކި ކުލަަތައް ބޭނުންކޮށްގެން އެތައް ދުވަހެއް ވަންދެން ޓެސްޓްކޮށް ބެލިއެވެ. އޭގެ ނަތިޖާއަށްފަހު އިންޖިނޭރުން ނިންމީ ގަޑި ދުވާލު ފެންނަނީ ހުދާއި ކަޅުންކަމަށެވެ. ރޭގަނޑު ފެންނާނީ ފެއްސާއި ހުދުންކަމަށެވެ.
ގަޑީގެ މޫނުމަތި ރޭގނަޑު ދިއްލާލުމަށް އޭގައި 2 މިލިއަން ލެޑް ހަރުކޮށްފައި ހުރެއެވެ. އެހެންކަމުން މިގަޑިން ވާވަރު ދުވާލާއި ރޭގަނޑުވެސް ފަސޭހަކަމާއި އެކު 10 ކިލޯ މީޓަރު ދުރުގައި ހުންނަ މީހަކަށްވެސް ކިޔާލެވޭނެއެވެ. މި ގަޑިއަށް ބޭނުންވާ ކަރަންޓްވެސް އުފައްދަނީ މިޓަވަރުގައެވެ. އެކަމަށް230 ސޯލާރ ޕެނަލް ގަޑީގެ މަތިން ފެންނަ ހުންނަ ހަނދުފަޅީގައި ހަރުކޮށްފައި ހުރެއެވެ.
އެންމެ މަތިން ފެންނަ ހަނދުފަޅި، އެތާގައިވެސް ނަމާދުކުރާ ތަނެއް
މައްކާއަށް ވަންނައިރު ލޮލުގައި އަޅައިގަންނަ ގަޑި ޓަވަރުގެ އެންމެ މަތީގައި ހުންނަ ހަނަދު ފަޅިއަކީވެސް މި އިމާރާތުގައި މުހިއްމު ބައެކެވެ. ދުނިޔޭގައި މިހާތަނަށް ބިނާކޮށްފައިވާ އެންމެ ބޮޑު ހަނދުފަޅީގެ ގޮތުގައި ރެކޯޑްގައި އޮތް މި ހަނދު ފަޅިއަކީވެސް ދެ ބުރި އިމާރާތެކެވެ. އެތަނުގައި ކޮޓަރީއާއި ފާހާނާވެސް ހުރެއެވެ. އަދި ގަނދުފަޚޫގެ އެންމެ މަތީބައި ހާއްސަކޮށްފައިވަނީ ނަމާދުކުރާ ތަނެއްގެ ގޮތުގައެވެ. މާނައަކީ އެތަނުގައިވެސް މިސްކިތެއް ހުރެއެވެ. ހަނދު ފަޅިގެ ބަރުމިނުގައި 6 ޓަނު ހުންނައޮރު ދުރަށް ފެންނަ އެހެރަ ރަންކުލަ އެ ފެންނަނީ ހަނދު ފަޅި ބޭރުގައި ޖަހާފައިވާ 35 ޓަނުގެ ރަނުންނެވެ.
ގަޑީގެ މަތީބައިގައި ދާރުލް އާސާރެއް، ބަލާލަންވެސް އެރޭ
ޓަވަރުގެ ގަޑީގެ މަތީގައިވާ ބައި ހަދާފައިވަނީ 8 ބުރިއަށެވެ. އެތަނުގައި މުޅި ސަރަހައްދު ފެންނަ ގޮތަށް އޮންނަ އޮބްޒަވެޝަބް ސެންޓަރެއް ހުރެއެވެ. އަދި އިސްލާމީން ދީނުގެ ވާހަކަތައް ގެނެސްދޭ ދާރުލް އާސަރާކާއި ނުޖޫމީ އިލަމަށް ހާއްސަކޮށްފައި ހުންނަ ބައެއްވެސް ހުރެއެވެ. ވައިގެ އުދުންތަކަށް ބޭނުންކުރާ ކޮންޓްރޯލް ޓަވަރެއްވެސް އިމާރާތުގެ މިބައިގައި ހުރެއެވެ. މީގެއިތުރުން ބަންގީގެ އަޑު ދުރަށް އިއްވުމަށް ބޭނުންކުރާ ސްޕީކަރުތައްވެސް ހުންނަނީ ގަޑީގެ މަތީގައިކަމަށެވެ. މި ސްޕީކަރުތަކުން ގޮވާ ބަންގީގެ އަޑު 7 ކިލޯމީޓަރު ދުރަށް އިވެއެވެ.
މިތަން ތަން ބަލާލަން ބޭނުންވާ މީހުންނަށް އެތަނަށް އރުމުގެ ފުރުސަތު ވަކި އިންތިޒާމުތަކަުން ހަމަޖެހިފައިވެސް އޮވެއެވެ.
އިމާރާތުގައި ކޮޓަރީތަކާއި 1000 ކާރުގެ ޕާކިން އޭރިއާ
މައްކާ ކްލޮކް ޓަވަރުގެ އެންމެ ތިރިން ފަސްބުރި ހާއްސަކޮށްފައިވަނީ ފިހާރަތަކާއި ރެސްޓޯރަންޓްތަކަށެވެ. ރާއްޖެއިން ހައްޖަށް އުމްރާއަށް ދިޔަ މީހުން މިތަނުން ކައި ބޮއެ ހަދާ ވިޔަފާރުވެސް ކޮށްފައި ހުންނާނެއެވެ.
އެ ބައިތަކުގެ މައްޗަށް ހުންނަނީ ފަސްތަރޫގެ ހޮޓަލެކެވެ. އެތަނުގައި ދުނިޔޭގެ މަޝްހޫރު ވިޔަފާރިތަކުގެ ހޮޓަލްތައް ހުރެއެވެ. 601 މީޓަރުގެ އުހަށް ބިނާކޮށްފައިވާ ޓަވަރުގައި އެއްފަހަރާ 1000 ކާރު ޕާކުކުރެވޭނެ ޖާގަވެސް އޮވެއެވެ.