ads
ފޮރިން މިނިސްޓަރ މޫސާ ޒަމީރު ފޮޓޯ: ފޮރިން މިނިސްޓްރީ
ޑިމޮކްރަސީގެ އުސޫލުތައް ރާއްޖެއިން ދަމަހައްޓާނެ: ޒަމީރު
ޑިމޮކްރަސީއާއި އަދުލު އިންސާފުގެ އުސޫލުތައް ދެމެހެއްޓުމަށް ދިވެހިރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

"ޑިމޮކްރަސީ ފޯ ފިއުޗާ ޖެނެރޭޝަންސް" މި ޝިއާރުގެ ދަށުން ކޮރެއާ ސަރުކާރުން ބޭއްވި "ތިން ވަނަ ސަމިޓް ފޯ ޑިމޮކްރަސީ" ގައި ތަގުރީރު ކުރައްވަމުން ޒަމީރު ވަނީ ޑިމޮކްރަސީއާއި އަދުލުއިންސާފާއި ހަމަހަމަކަމުގެ އުސޫލުތައް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އަލިއަޅުއްވާލައްވާފަ އެވެ،

ވަކިން ހާއްސަކޮށް، މިނިވަން މަދަނީ ޖަމްއިއްޔާއެއް ގާއިމުކޮށް، ހުރިހާ ރައްޔިތުންނަށް ވެސް ހަމަހަމަކަމާއެކު އަދުލު އިންސާފު ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް މިނިސްޓަރު ޒަމީރު އަލިއަޅުއްވާލެއްވި އެވެ. 

މީގެ އިތުރުން، ޒުވާނުން ބާރުވެރި ކުރުވުމަށާއި، ނިންމުންތައް ނިންމުމުގައި އަންހެނުންގެ ބައިވެރިވުމަށް އިސްކަންދީ، ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ވަޒީރު ޒަމީރު ވާހަކަފުޅު ދެއްކެވިއެވެ.

ފޮރިން މިނިސްޓަރު ޒަމީރު ދެއްކެވި ވާހަކަފުޅުގައި، ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމުކުރުމަށާއި، ރާއްޖޭގެ ކޯޓުތަކުގެ ނިޒާމު އިސްލާޙުކުރުމަށް އެމެރިކާ ސަރުކާރުގެ ފަރާތުން ލިބޭ އެހީތެެރިކަންވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އިންތިޒާމްކޮށްގެން ބޭއްވި ތިންވަނަ ސަމިޓް ފޯ ޑިމޮކްރަސީ ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 18 އިން 20 އަށެވެ. މި ސަމިޓަކީ އެމެރިކާގެ އިސްނެގުމަކަށް 2021 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ސަމިޓެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް