ރޯދަ މަހުން މިއަދު މީ 11 ވަނަ ދުވަހެވެ. އަދި ހުކުރު ދުވަސްވެސް މެއެވެ. އާއިލީ ގުޅުން ބަދަހި ގޭތެރޭގައި ހާއްސަކޮށް ބަދިގޭގައި ބާރު ބޮޑު ދުވަހަކަށް ވާނެކަމަށް ބެލެވެއެވެ. އެހެންކަމުން މިއަދު ތަފާތު ކޮށްލަން "ސީއެންއެމް ބަދިގެ" އިން މި ހަދާނީ ވަގުތަށް ބަލާއިރު، އަވަހަށް ނިންމާލެވޭނެ ރެސިޕީ އެކެވެ. ދިވެހިންނަށް ނުލާހިކު މީރު، ސިއްހަތަށް ފައިދާހުރި ދިޔައެކެވެ. ކުކުޅު ގަރުދިޔާގައި މި ހުރީ ބަދިގޭގައި އަބަދުމެ ހުސް ނުވެ ހުންނަ ބާވާތްތަކެވެ. ފަށަން ހިނގާށެވެ.

Advertisement
ބޭނުންވާ ތަކެތި:
- 200 ގްރާމް ކުކުޅު މަސް (ކަށި ނެތް)
- 3 ޖޯޑް ފެން
- 4 ސްޕްރިންގް އަނިއަން (ކުދި ފިޔާގަސް)
- 6 އިންޗި ލެމަންގްރާސް (މެދުން ފަޅާފައި، ބުރިކޮށްފައި)
- 3 ލޮނުމެދު
- 1 ރޯ މިރުސް
- 10 ފުށް އަސޭމިރުސް
- 1 މޭޒުމަތީ ސައިސަމުސާ ސޯޔާ ސޯސް (ބޭނުން ނަމަ)
- ލޮނު
- ހިކަނދިފަތް
ކުކުޅު ގަރުދިޔަ ހަދާނެ ގޮތް
ފެނުގެ ތެރެއަށް ކުކުޅުމަސް އަޅާފައި ލޮނުލައިގެން ގަރު ނަގަމުން ކައްކާލާށެވެ. ގަރު އެރުން އެއްކޮށް ހުއްޓުނީމައި ސްޕްރިންގް އޮނިއަން، ލޮނުމެދު، އަސޭމިރުސް، ލެމަންގްރާސް އަޅާފައި ކައްކާށެވެ. ބޮކިޖަހައި ކެކެން ފެށުމުން ރޯމިރުސް، (ބޭނުން ނަމަ) ސޯޔާސޯސް އަޅާފައި، ލޮނުހެޔޮވަރުކޮށްލީމާ ނިމުނީ އެވެ. ރޮށި ނުވަތަ ބަތާއެކު ޓެސްޓް ކޮށްލާފަ ކޮމެންޓެއް ކޮށްލާށެވެ.