ads
މި ރޯދަމަހު ހަރަމުގައި ކުރި ވިތުރި ނަމާދެއްގެ ތެރެއިން. އެެތައް ބަޔަކު އަންނަނީ ހަރަމްގައި ކުރެވޭ ރޭ އަޅުކަމުގައި ބައިވެރިވަމުން
ހަރަމްފުޅުގައިި، ވިތުރީގައި ކޮންމެ ރެއަކު ގުނޫތު ނުކިޔަން ނިންމައިފި
މުސްލިމުންގެ މާތްވެގެންވާ ހަރަމްފުޅުގައި ވިތުރިކުރާއިރު ކޮންމެ ރެއަކު ގުނޫތު ނުކިޔަން ނިންމައިފިއެވެ.

ވިތުރީގައި ކޮންމެ ރެއަކު ގުނޫތު ނުކިޔާން ނިންމިކަން ރޭ އިޝާ ނަމާދަށްފަހު ހަރަމްފުޅުގައިވަނީ އިއުލާންކޮށްފައެވެ. އެކަން އިއުލާންކުރީ ދެ ޙަރަމް ބެލެހެއްޓެވުމުގެ ޒިންމާތަކާއި ހަވާލުވެ ހުންނެވި (ޕްރެސިޑެންޓް އޮފް ޖެނަރަލް ޕްރެސިޑެންސީ ފޯ ދަ އެފެއަރޒް އޮފް ދަ ޓޫ ހޮލީ މޮސްކް ) ޝައިޚް ޢަބްދުއްރަޙްމާން އަލްސުދައިސްއެވެ. 

ވިތުރީގައި ގުނޫތު ނުކިޔަން ނިންމާފައިވަނީ އެކަމަކީ ކޮންމެ ރެއަކު ކުރަން މަޖްބޫރުކަމެއް ނޫންކަން ސުންނަތުން ސާބިތުވާތީކަމަށް ސުދައިސް ވިދާޅުވިއެވެ. ތަރާވީހު ނަމާދުގައި ހާއްސަކޮށް ވިތުރުއަށްފަހު ގުނޫތު ކިޔަން މުސްލިމުންނަށް އާދެވެފައިވާއިރު އެ ދުއާއަކީ ވާޖިބު ދުއާއެއް ނޫންކަނަށް ގިނަ ބަޔަކަށް ނޭގޭކަން ވަނީ ބުނެފައެވެ.

 

ބައެއް އިލްމުވެރިންވެސް ބުނެފައިވަނީ ކޮންމެ ރެއަކު ވިތުރުއަށްފަހު ގުނޫތު ކިޔާކަން ސުންނަތުން ސާބިތުވެފައި ނުވާކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް