ads
ކޮމަންވެލްތް ގޭމްސްގެ ތެރެއިން
ކޮމަންވެލްތް ގޭމްސް ހޯސްޓްކުރަން މެލޭޝިއާ ދެކޮޅު
ކޮމަންވެލްތް ގޭމްސް 2026 ވަނަ އަހަރުގެ ބާއްވަން މެލޭޝިޔާއަށް ހުށަހެޅި ހުށަހެޅުމަށް އެ ގައުމުން ދެކޮޅު ހަދައިފިއެވެ.

ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) އިން މެލޭޝިއާގައި ގޭމްސް ބާއްވަން ހުށަހެޅީ، ކުރިން އެ ގޭމްސް ބާއްވަން އޮތް އޮސްޓްރޭލިއާގެ ވިކްޓޯރިއާ ސްޓޭޓުން ގޭމްސް ހޯސްޓް ކުރެވެން ނެތުމުންނެވެ.

ވިކްޓޯރިއާ ސްޓޭޓުން ފުރުސަތު ދޫކޮށްލުމުން މެލޭޝިޔާއަށް ސަޕޯޓިން ފަންޑުގެ ގޮތުގައި 100 މިލިއަން ޕައުންޑާއެކު ގޭމްސް ބާއްވަން ހުށަހެޅި ނަމަވެސް މެލޭޝީޔާއިން އެކަމަށް ދެކޮޅު ހެދީ އެކަށީގެންވާ ވަގުތު ނެތި، ގޭމްސް ހޯސްޓް ކުރަން އެއްބަސް ވެއްޖެ ނަމަ ގައުމަށް ކުރިމަތިވެދާނެ އިގްތިސާދީ ހީނަރުކަމާ ގުޅިގެންނެވެ.

މެލޭޝިއާގެ ސްޕޯޓްސް މިނިސްޓްރީން ކޮމަންވެލްތު ގޭމްސް ހޯސްޓް ކުރުމަށް ދެކޮޅު ހެދީ، އެ ކަމަށްދާނެ ހަރަދުތައް ފޫނުބެއްދި، އަދި ކުރު މުއްދަތުގެ ތެރޭގައި އިގްތިސާދީ ގޮތުން ކުރާނެ އަސަރު ދެނެގަނެވޭ ގޮތެއް ނެތި އެކަމަށް އެއްބަސްނުވެވޭނެ ކަމަށް ބުނެއެވެ.

މެލޭޝިއާ އިން 2026 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސް ހޯސްޓް ކުރަން ހުށަހެޅި ހުށަހެޅުމަށް ނޫނެކޭ ބުނުމުން، ކޮމަންވެލްތުން އަންނަނީ ދެން ގޭމްސް ބޭއްވޭނެ ގައުމެއް ބަލަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް