ads
އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން
މެލޭޝިއާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށަނީ
މިއަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މެލޭޝިއާ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ނިންމައިފި އެވެ. މިކަމާއި ގުޅޭ އެއްބަސްވުމެއްގައި މިހާރު ވަނީ ސޮއިކޮށްފަ އެވެ.

މެލޭޝިއާ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފެށުމަށްޓަކައި އެކަމުގެ އެއްބަސްވުމުގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި މެލޭޝިއާ އެއަރލައިނާއި ދެމެދު ވަނީ ސޮއިކޮށްފައެވެ. 

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މެލޭޝިއާގައި މިހާރު ކުރިއަށްދާ މާޓާ ފެއަރގެ ތެރެއިންނެވެ. އެއްބަސްވުމުގައި އެމްއެމްޕީއާރުސީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓާ މުހައްމަދު ބައްސާމްއެވެ. 

އަދި މެލޭޝިއާ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސާ ޑެރެނިޝް އަރެސަންދިރަންއެވެ.

your imageއެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން 

މި އެއްބަސްވުމުގެ ދަށުން މެލޭޝިއާ އެއަރލައިންގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ބާއްވާނެއެވެ. 

މި ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓްމަހުގެ 1 ވަނަ ދުވަހުކަމަށް މައުލޫމާތުލިބެއެވެ.

މެލޭޝިއާ އެއަރލައިނުން ބުނީ މިއީ އިތުރު މަންޒިލްތަކަށް ދަތުރުތައް ފަށައި އެއަރލައިން ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރެވޭ ކަމެއްކަމަށެވެ.

މި ދަތުރުތަކުގެ ސަބަބުން އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް ފަސޭހަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

މެލޭޝިއާއަކީ މިހާރު ގިނަ އަދަދެއްގެ ދިވެހިންވެސް ދިރިއުޅެމުންދާ ގައުމެކެވެ. އަދި ތަފާތު އެކި ބޭނުންތަކަށް އެ ގައުމަށް ދަތުރުކުރާ ދިވެހިންގެ އަދަދު އިތުރެވެ.

މިދިޔަ އަހަރު އެ ޤައުމުން ރާއްޖެއަށް 13000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

މީގެކުރިންވެސް މެލޭޝިއާ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ކުރިއެވެ. ނަމަވެސް އެ ދަތުރުތައް މެދުކަނޑާލިތާ އަހަރުތަކެއް ވަނީ ވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް