ads
ފައްޔާޒު ވިދާޅުވީ ވެރިކަމުގައި ތިބީ ޑިމޮކްރަސީ ގަބޫލުކުރާ ބައެއް ނޫންކަމަށް
ތިމަންނާއަށް ވާނެ އޭ ކުރާނަމޭ ބުނި، ދެން ކުރީ ސަރުކާރޭ ނުކިޔާ: ފައްޔާޒު
ސަރުކާރާ ހަވާލުވީ ތިމަންނާއަށް ވާނެކަމަށް ބުނެކަމަށާއި ދެން ކުރީ ސަރުކާރޭ ކިޔުމުގެ ހައްގެއް ނެތްކަމަށް ބުނެ ސަރުކާރަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ރައްދުދެއްވައިފިއެވެ.

ފައްޔާޒު މިހެން ވިދާޅުވެފައި މިވަނީ އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އިއްޔެ ސަރުކާރަށް ފާޑު ވިދާޅުވުމުން ސަރުކާރުގެ އިސްމަގާމުތަކުގައި ތިބި ގިނަ ބަޔަކު ޝާހިދަށް ރައްދުދީފައި ވަނިކޮށެވެ. 

މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި މ. ރަތްމަންދޫގައި ހުންނަވާ ޝާހިދު ވިދާޅުވީ ‏ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓާލާފއިވާކަމަށެވެ. އެގޮތުން ރަތްމަންދޫގެ ފެނާއި ނަރުދަމާގެ މަސައްކަތާއި އިންޖީނުގެގޭ މަސައްކަތް ނިމެން ގާތްވެފައި ވަނިކޮށް މި ސަރުކާރުން ހުއްޓާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިހްސާސްތަކަށް މި ސަރުކާރުން ފުރަގަސްދެމުން ގެންދާކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ

ސަރުކާރުގެ ރައްދުތަކަށް އިޝާރާތްކުރައްވާ ފަައްޔާޒު ވިދާޅުވީ ކޮންމެ ރަށަކުން ފެންނަނީ ހުރިހާ ޕްރޮޖެކްޓެއް ހުއްޓިފައި ހުރިތަންކަމަށެވެ. 

" ސަރުކާރާ ހަވާލުވީ ތިމަންނާއަށް ވާނެ އޭ ކުރާނަމޭ. މިހާރު ދެން ކުރީސަރުކާރޭ ކިއުމުގެ ހައްގެއްނެތް.އަމިއްލައަށް ހަވާލުވީ ހުރިހާކަމެއް ކުރާނަމޭ ކިޔާފަ.ހެދިދޮގުން ސަލާމަތް ވާން ނިއުޒިލޭންޑް ބޭފުޅުންވެސް ނެރެގެން އަނެއްކާވެސް ދޮގު." ފައްޔާޒު ވިދާޅުވިއެވެ.

މިސަރުކާރުން މިއަހަރުގެ ފުރަތަމަ 3 މަސްދުވަހު ތަރައްގީއަށް ހޭދަކޮށްފައިވަނީ  300 މިލިއަންކަމަށާއި އެމްޑީޕީން މިދިޔަ އަހަރުގެ ފުރަތަމަ 3 މަސްދުވަހު ތަރައްގީއަށް 1.7 ބިލިއަން ހޭދަކޮށްފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

"ރާއްޖޭގެ ރަށްރަށުގައި ފަށާފައިވާ ތަރައްގީ މަސްރޫތައް އެދަނީ ވީރާނާވަމުން. ގެނެސްފައި ހުރި ތަކެތި ދަނީ ބޭކާރުވަމުން. ރައްޔިތުންގެ އިހްސާސްތަކަށް މި ސަރުކާރުން ދަނީ ފުރަގަސްދެމުން." ޝާހިދު ވިދާޅުވިއެވެ.

އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި މި ސަރުކާރަށް ވުރެ ގިނައިން ތަރައްގީ އަށް ހޭދަކޮށްފައިވާކަމަށް ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް