އެ ފަތުރުވެރިޔާ އެ ވާހަކަ ކިޔައިދޭ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.
ފަތުރުވެރިޔާ ކިޔައިދިން ގޮތުގައި އޭނާ ޑްރޯން ދުއްވަން ހުއްޓައި އުމުރުން 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދެ ފިރިހެން ކުދިން އޭނާ ގާތަށް އައިސް ޑްރޯންއާ ބެހޭ ގޮތުން ސުވާލުކުރި އެވެ.
ގާތްގަނޑަކަށް ތިން މިނެޓު ވަންދެން އެކުދިން އޭނާއާ ވާހަކަ ދެއްކި ކަމަށް ފަތުރުވެރިޔާ ބުނެ އެވެ. ފަތުރުވެރިޔާ ބުނީ އޭނާ މޫދަށް އެރުނީ ޑްރޯން އާއި ދަބަސް ބޭއްވުމަށްފަހު ކަމަށެވެ.
އޭނާ އިތުރަށް ބުނީ ގޮތުގައި ދަބަސް ތެރޭގައި އޭނާގެ ފޯނާއި ވޮލެޓުގެ އިތުރުން ސައިކަލު ތަޅުދަނޑި ވެސް އޮންނާނެ އެވެ. އަދި އޭނާގެ ވޮލެޓުގައި 1،500 ދިވެހި ރުފިޔާގެ އިތުރުން 200 ޑޮލަރު އޮންނާނެ ކަމަށް ފަތުރުވެރިޔާ ބުންޏެވެ. ވީޑިއޯގައި ފަތުރުވެރިޔާ ވަނީ އޭނާގެ ތަކެތި އަނބުރައި ދިނުމަށް އެދިފަ އެވެ.
އެ މައްސަލައިގެ ތުހުމަތު ކުރެވޭ މީހާ އެނގިފައިވާ ކަމަށާއި ތަހުގީގު އިތުރު ކަންކަން މިހާރު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަގައި ވައްކަންކޮށްފައިވަނީ ބްރެޒިލްގެ ފަތުރުވެރިއެއްގެ އަތުން ނެވެ.