މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމީޔާތެއްގައި މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ރާއްޖޭގެ ހުންނަ ޖަޕާނުގެ އެމްބެސެޑަރ ހެރް އެކްސެލެންސީ ޓަކެއުޗީ މިޑޯރީ އެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ ކަމަށެވެ.
ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި މިއަދު ސޮއި ކުރެވުނީ:
1. ޖަޕާނުގެ އިގްތިސާދީ އެއްބާރުލުން ދިނުމުގެ ގާނޫނުގެ މައްޗަށް ބިނާކޮށް ކަސްޓަމްސް ޕެޓްރޯލް ކްރާފްޓެއް ފޯރުކޮށްދިނުމުގެ އެއްބަސްވުން
2. ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމުގައި ގާބިލުކަން އިތުރުކުރުމުގެ މަޝްރޫއު ހިންގުމަށްޓަކައި 260 މިލިއަން ޖަޕާނު ޔެންގެ ހިލޭ އެހީގެ ގޮތުގައި ދިނުމަށް ވެވުން އެއްބަސްވުން.
3. އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއަށް ކޮމިއުނިޓީ އެމްޕަވަރމަންޓް މެދުވެރިކޮށް، ހައި ފްރީކުއެންޓް ނެޗުރަލް ހެޒާޑްސް އަށް ރާއްޖޭގެ ނޭޝަނަލް ރެސްޕޮންސް ކެޕޭސިޓީ ހަރުދަނާކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް 600 މިލިއަން ޖަޕާނު ޔެންގެ ގްރާންޓަށް ދިނުމުގެ އެއްބަސްވުން
4. އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން، މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޕެޓްރޯލް އުޅަނދުފަހަރުގެ އޮޕަރޭޝަންތަކަށް އެހީތެރިވުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް 56 މިލިއަން ޖަޕާނު ޔެންގެ ހިލޭ އެހީއަށް ދިނުމުގެ އެއްބަސް ވުމުގައި ކަމަށެެވެ.
މިއަދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން