ads
ރޯދަޔަށް ތައްޔާރު ވާން މާރުކޭޓުގައި
ވިލިމާލޭ މާރުކޭޓުގެ ގޮޅިއަށް އެދޭ މުއްދަތު އިތުރު ކޮށްފި
ވިލިމާލެ ލޯކަލް މާރުކޭޓުގައި ހުސް ވެފައިވާ ގޮޅިތަކަށް އެދޭ މުއްދަތު މާލޭ ސިޓީ ކައުންސިލުން އިތުރު ކޮށްފި އެވެ.

ވިލިމާލޭ މާރުކޭޓުން ހުސްވި ގޮޅިތަކަށް މަހަކު 1050 ރުފިޔާ ދައްކަންޖެހެނެ ކަމަށާއި ކުއްޔަށް ދޫކުރަނީ އެއް އަހަރަށް ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފަ އެވެ. 

ގޮޅި ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އަންނަ އޭޕްރީލް 18 އިގެ ނިޔަލަށް ފޯމް ހުށަހަޅަންޖެހެނެ ކަމަށް އެ ކައުންސިލުން ބުނެ އެވެ.

ކުއްޔަށް ހިފުމަށް ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރު ފުރިފައިވާ ވިލިމާލޭގައި ދިރިއުޅޭ ވިލިމާލޭގެ ރަށްވެއްސެއް ކަމުގައިވުމާއި އުމުރުން 18 އަހަރުފުރި ވިލިމާލޭގައި ދިރިއުޅުމަށް މަސައްކަތް ކުރާތާ 20 އަހަރު ވެފައިވާ ދިވެހި ރައްޔިތެއް ކަމުގައިވުމާއި ސަރުކާރުގައި ނުވަތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހެއް ކަމުގައި ނުވުން ހިމެނެއެވެ.

އަދި މާލޭ ސިޓީގައި ހިންގާ މާރުކޭޓްތަކުގެ ތެރެއިން އެއްވެސް މާރުކޭޓެއްގެ ގޮޅިއެއް ހިންގާ ފަރާތެއް ކަމުގައި ނުވުން ވެސް ހިމެނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް