ads
މިފްކޯގެ މަސްކިރާ އާ ބޯޓު "ޖަޒީރާ 106" ފޮޓޯ: މިފްކޯ
މިފްކޯ މަހުގެ ރިޖެކްޓް މަދުކުރަން ތައިލެންޑު ކުންފުނިތަކުން ބޭނުމެއް ނުވޭ
ރާއްޖޭގެ މަސް އެކްސްޕޯޓް ކުރާ ތައިލެންޑުގެ މަސް ބާޒާރުތަކުން ރާއްޖޭގެ މަހުގެ ރިޖެކްޓް މަދު ކުރަން ދެކޮޅުހަދައިފި އެވެ.
Advertisement

މިފްކޯގެ ސީއީއޯ ސަސްޕެންޑް ކުރި މައްސަލައާ ގުޅިގެން ޕީސީބީއާއި މިފްކޯ މަޖިލިހުގެ އެސްއޯއީ ކޮމެޓީއަށް ވަނީ ހާޒިރުކޮށްފަ އެވެ.

އެ ކޮމެޓީގައި ވާހަކަ ދައްކަވަމުން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަމާހު ރަޝީދު ވިދާޅުވި ގޮތުގައި މަހުގެ ރިޖެކްޓަކީ މިފްކޯއަށް އެންމެ ބޮޑު ގެއްލުމެއް ވަމުންދާ ދާއިރާ ކަމުގަ އެވެ. އަދި އެ މައްސަލަ ހައްލުކުރުމުގެ ގޮތުން ތައިލެންޑަށް ޒިޔާރަތްކޮށް ރާއްޖޭގެ މަސް ގަންނަ ކުންފުނިތަކާ ބައްދަލު ވެސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސަމާހު ވިދާޅުވީ މަސް ގަންނަ ކުންފުނިތަކާ ބައްދަލުކޮށް ރާއްޖެއަށް ކިރުވާ މަސް ގްރޭޑް ކުރަން މީހުން ފޮނުވުމަށް އެދިފައިވާ ކަމަށެވެ. އަދި އެގޮތަށް އެދުނީ އެ މީހުންގެ ހުރިހާ ހަރަދުތަކެއް ވެސް ބަލަހައްޓާގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެފަރާތްތައް ބުނީ ތިޔަހެން ނުވާނެއޭ، ތިޔަގޮތަށް ރާއްޖޭގެ މަސް ގަންނާނެ ބަޔަކު ނުވާނެއޭ، އަޅުގަނޑު ދެންނެވިން އަޅުގަނޑު ހުންނާނީ މި ސްޓޭންޑްގައޭ." ސަމާހު ވިދާޅުވި އެވެ.

ތައިލެންޑް ބާޒާރުން އެގޮތަށް ނިންމި ނަމަވެސް ޖަޕާނާއި އިޓަލީން މަސްގަންނަ ކުންފުނިތަކުން އެކަމަށް އެއްބަސްވެ ގްރޭޑަރުން ފޮނުވައިގެން މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ސަމާހު ފާހަގަކުރެއްވި އެވެ.

މިފްކޯއިން ބާނާ މަހުގެ ފަސް އިންސައްތަ ރިޖެކްޓްވާތީ، މި މަސް ނިމޭ ހިސާބުން ފެށިގެން ރާއްޖޭން ބާނާ ކަނޑު މަހުގެ ރިޖެކްޓް ހުއްޓުވާނެ ކަމަށް ސަމާހު ވަނީ މީގެކުރިން ވިދާޅުވެފަ އެވެ.

މިފްކޯގެ ރިޖެކްޓް މަހުގެ މައްސަލައާ ކުންފުނީގެ ސީނިއާ ބައެއް މުވައްޒަފުންނަށް ނުހައްގުން ފައިދާ ލިބުމާ ގުޅިފައިވާ ކަމަށް އެކި ފަރާތްތަކުން ތުހުމަތުކުރެ އެވެ.

ގިނަ ފަރާާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭން ގަންނަ މަސް ތައިލެންޑް ބާޒާރަށް ކިރުވަން ގެންގޮސް ރިޖެކްޓް މަސް އެހެން ދިމާއަކުން ކިރުވާ ކަމަށެވެ. އަދި އެކަމުން މިފްކޯގެ ބައެއް މުވައްޒަފުންގެ ޖީބަށް އެ ފައިސާ ވަންނަ ކަމަށް ވެސް ތުހުމަތުކުރެވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް