ads
ހާފްކޯޓް ޗެލެންޖުގެ ތެރެއިން
ހާފްކޯޓް ޗެލެންޖުގެ ޗެމްޕިއަންކަން ސްޓާސްއަށް
ފިއޮންޓީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި "މައިލޯ ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖް 2024" ގެ ޗެމްޕިއަންކަން، ފެނޮމްސް، ސްޓާސް އަދި މާވީ ހޯދައިފިއެވެ.

ހާފް ކޯޓް ނެޓްބޯލް ޗެލެންޖުގައި 17 އަހަރުން ދަށުގެ ފޗެމްޕިއަންކަން ހޯދީ ޓީމު ފެނޮމްސްއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ އިޝްރާން އަބްދުﷲ ޖަމީލާއި، އިންޝާ އާއި، އާމިނަތު އަލްޔާ އަލީގެ އިތުރުން އިފާ މުޙައްމަދު ސައީދެވެ. ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް ހޮވުނީ އިޝްރާނެވެ.

15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދީ ޓީމު ސްޓާސްއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ކަޔާނީ ބިންތި ޝައްފާޒް އާއި، ފާތިމަތު އައިނީ އާއި، އައިޝަތު އީލިޔާގެ އިތުރުން އާމިނަތު ތޫގާއެވެ. ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް ހޮވުނީ ކަޔާނީއެވެ.

މި މުބާރާތުގެ 13 އަހަރުން ދަށުގެ ފައިނަލް ޗެމްޕިއަންކަން ހޯދީ ޓީމު މާވީއެވެ. މި އުމުރުފުރާގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ މާވީ އާއި، ޒީވާ އާއި، އާލް ބިންތި ޔައުގޫބުގެ އިތުރުން ފާތިމަތު އުލާއެވެ. ކުއީން އޮފް ދަ ޗެލެންޖުގެ މަގާމަށް ހޮވުނީ މާވީއެވެ.

ފިއޮންޓީ ސްޕޯޓްސް އެކެޑަމީން އިންތިޒާމުކޮށްގެން ބޭއްވި "މައިލޯ ރަމަޟާން ހާފް ކޯޓް ނެޓްބޯލް ޗެލެންޖް 2024" ގެ ފައިނަލް މެޗުތައް ކުޅެފައިވަނީ ރޭއެވެ. ފައިނަލް މެޗުތައް ބައްލަވާލައްވައި ފެސްޓިވަލުގެ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަނބިކަނބަލުން އާއިޝަތު އަފްރީން މުހައްމަދެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް