ads
ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް
ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަސައްކަތް ބާރަށް ކުރިޔަށް އެބަދޭ: ހަލީލް
ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ބޭސް އެތެރެކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޝިޕްމެންޓަށް މިހާރު އޯޑަރު ދީފައިވާ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެ އެވެ.
Advertisement

މިއަދުގެ ރައްޔިތުންގެ މަޖިލީހހުގެ ޖަލްސާގައި މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން ފެންވަރު ރަނގަޅުބޭސް ގެނެއުމުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް އޮޅުން ފިލުއްވުމަށް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.

އަދި ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވާއިދެއް ހަދައި، ހެލްތު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާއިރު، އެ ގަވާއިދު ތަންފީޒު ކުރެވެނީ ކިހާ މިންވަރަކަށްތޯ ވެސް އޭނާ ސުވާލު ކުރެއްވިއެވެ.

މި ސުވާލުތަކަށް ދެއްވި ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭން ބޭރުން ފެންވަރު ރަނގަޅު ބޭހުގެ ފުރަތަމަ ޝިޕްމެންޓުގެ އޯޑަރުދީފައިވާއިރު، އެސްޓީއޯއިން އެ ބޭސްތައް ގުދަން ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވެސް ވަމުންދާ ކަމަށެވެ 

ބޭހުގެ އެންމެ ރަނގަޅު އަސަރުކުރާނީ ކަނޑައެޅިފައިވާ ވަކި ފިނިހޫނުމިނެއްގައި ބަހައްޓައިގެންކަމަށާއި ގުދަންކުރާއިރު ތަނުގެ ފިނިހޫނުމިން މޮނީޓާ ކުރެވޭނެ ނިޒާމެއް ވަރަށް އަވަހަށް ގާއިމްކުރެވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ 

"މިހާރު އޯޑަރުދެވިފައިވާ ބޭހުގެ އެންމެ ފުރަތަމަ ޝިޕްމެންޓް އެސްޓީއޯއިން ގުދަންކުރާއިރު، އެ ގުދަންތަކަކީ އެ މެކޭނިޒަމް ގާއިމް ކުރެވިފައިވާ ތަންތަނަށް ހެދުމަށް މަސައްކަތް އެބަ ކުރޭ" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި މަސައްކަތް ކުރުމަށް ނިންމާފައިވަނީ ޓެމްޕަރޭޗާ ވޭރިއޭޝަން މޮނިޓާ ކުރެވޭ ގޮތަށް ކަމަށެވެ.

ރާއްޖެއަށް އާދައިގެ ބޭސް ގެނައުން ނިމުމަކަށް ގެނެސް، ސީދާ އުފައްދާ ތަނުން ބޭސް އެތެރެކުރާގޮތަށް ބަދަލުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އަދި ރާއްޖެއިން ލިބޭ ބޭހަކީ ފެންވަރު ރަނގަޅު ބޭސްކަން ކަށަވަރު ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން، ބޭހެއް އުފެއްދުމަށް ބޭނުންކޮށްފައިވާ އެކިއެކި މާއްދާތަކުގެ މިންވަރު ދެނެގަތުމަށް ކުރަންޖެހޭ ތަހުލީލުތައް ހަރުދަނާކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވައިފައެވެ.

ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ނުލިބި، ނުރައްކާތެރި މާއްދާތައް އެކުލެވޭ ބޭސްތައް ބައެއް ފަހަރު އެތެރެ ކުރާ މައްސަލައަކީ އާންމު ޝަކުވާއެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް