ads
ކުޑަހުވާދޫގައި ގާއިމުކުރި މޯޗަރީ ހުޅުވުމުގެ ތެރެއިން
3 ހަށިގަނޑު ފިނިކޮށް ބޭއްވޭވަރު މޯޗަރީއެއް ކުޑަހުވަދޫގައި
ދ ކުޑަހުވަދޫގައި މޯޗަރީއެއް ހުޅުވައިފި އެވެ.

މީ ވެރިކަން ކުރާ މާލެެއިން ބޭރުގައި ހުޅުވި ދެވަނަ މޯޗަރީއެވެ. ދެން މޯޗަރީއެއް ހުންނަނީ ލ. ހިތަދޫގައެވެ. 

ކުޑަހުވާދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މޯޗަރީ ހުޅުވާދެއްވީ ސިޓީ، ލޯކަލް ގަވަމެންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު އާދަމް ޝަރީފެވެ.

މި މޯޗަރީ ހަދާފައިވަނީ ހިނަވާ ގެއަކާއިވެސް އެކުއެވެ. އަދި މޯޗަރީގައި އެއްފަހާރާ 3 މީހެއްގެ ހަށިގަނޑު ފިނިކޮށް ބޭއްވޭނެއެވެ. މި މޯޗަރީއަކީ ކުޑަހުވަދޫ ކައުންސިލުން އިސްނަގައިގެން އެޅި ތަނެކެވެ.

މޯޗަރީގެ އިމާރާތައް ކައުންސިލުން ވަނީ 350.000 ރުފިޔާ ހަރަދުކޮށްފައެވެ. ތަނުގައި ބޭނުންކުރަން ހަށިގަނޑު ފިނިކުރާ ފްރީޒާތައް ހަދިޔާ ކުރީ ބްރައިޓް ބްރަދާސް އިންނެވެ. ކުޑަހުވަދޫ ކައުންސިލުން ބުނީ މޯޗަރީގެ އަގުތައް ކަނޑައަޅާފައިވަނީ މާލެއާއި އެއް އަގެއްކަމަށެވެ.

your imageކުޑަހުވާދޫގައި ގާއިމުކުރި މޯޗަރީ 

މޯޗަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ކުޑަހުވަދޫ ކައުންސިލްގެ ރައީސް އިބްރާހިމް ފިކުރީ ވިދާޅުވީ ބައެއް ފަހަރު ރިސޯޓްތަކުން މަރުވާ މީހުން ވައިގެމަގުން މާލެ ގެންދަން އެރަށަށް ގެންނަކަމަށެވެ. އަދި މާލެ ގެންދެވެން ދެން ހަށިގަނޑު ކުނިވިޔަ ނުދީ ބޭއްވުމަށް އައިސް އަޅާފައި ގިނައިރުތަކެއް ވަންދެން ބާއްވަންޖެހޭ ފަހަރުވެސް އަންނަކަމަށް ފިކުރީ ވިދާޅުވިއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް