ads
އަނިޔާވެރިކަމުގެ ހިތި ސިލްސިލާ އިޔާދަވާން ފަށައިފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ހިޔާނާތުގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ފުލުހަށް ހާޒިރުކުރާ މައްސަލައިގައި ކަންބޮޑުވެވަޑައިގެން އަނިޔާވެރި ނުވެ ވެސް ހިދުމަތް ކުރެވޭނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

ސޯލިހު މިހެން ވިދާޅުވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ތެރެއިން ހިންގި ހިޔާނާތުގެ މައްސަލައިގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އެންގުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސޯލިހު ވިދާޅުވީ އެއްވެސް އަސާސެއް ނެތި އިދިކޮޅު ސިޔާސީ ލީޑަރުން ފުލުސް އޮފީހަށް ހާޒިރުކުރަން ފެށުމުން އެ އިޔާދަވަނީ ކުރީގައި ވެސް ދުށް އަނިޔާވެރިކަމާއި ޤާނޫނީ މުއައްސަސާތަކުގެ ބާރު ކަނޑުވާލުމުގެ ހިތި ސިލްސިލާ ކަމަށެވެ.

"އަނިޔާވެރި ނުވެ ވެސް ރައްޔިތުންނަށް ހިދުމަތް ކުރެވޭނެ،" ސޯލިހު ވިދާޅުވި އެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގާ ގުޅޭގޮތުން، އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ވެސް ފުރުއްވާ ފައްޔާޒާ ސުވާލު ކުރަން މާދަމާ މެންދުރު ފަހު 3:00 ގައި ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެކަމަކު އިތުރު މައުލޫމާތެއް އަދި ނުދެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ ސެޕްޓެމްބަރު 2022 ގައި އެ މައްސަލަ ހުށަހެޅުމާ އެކު، ޓެކްނިކަލް ކަންތައްތައް ކުރަން ފެށި ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވުނަސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވިފައިވާ ކަމަށް އޭރު ބުންޏެވެ.

އާރްޑީސީގެ ޚިޔާނާތާ ގުޅޭ ގޮތުން މީގެ ކުރިން ފުލުހުން ހިއްސާކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، އާރްޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން ސަރުކާރުގެ އިސް ފަރާތްތަކުގެ ކުންފުނިތަކާއި، އެ މީހުންގެ އެކައުންޓުތަކަށް ވެސް ފައިސާ ވަދެފައިވެއެވެ. އޭގެ ތެރޭގައި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހިނގާފައިވާ އިރު، އެއީ އެތައް ބަޔަކާ ގުޅުންހުރި ޓްރާންސެކްޝަންތަކެއް ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް