ގެއްލިގެން ހޯދަމުން އަންނަނީ ނިމްސާ ލިލް ހައްޖު ހައްޖު ވަލް އުމްރާ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ ސ. މީދޫ، ހަވާ، މުހައްމަދު ތައްކާނެވެ.
އިއްޔެ ފަތިސް ނަމާދަށް ހަރަމްފުޅަށް ދިޔު ފަހުން އޭނާގެ ހަބަރެއް ނުވާކަމަށްވެއެވެ.
ތައްކާނު ހޯދަން، މި ވަގުތު މައްކާގައި ތިބި ހުރިހާ ދިވެހި އުމްރާވެރިންނާއި އެހެން ގްރޫޕުތަކުގެ އެހީތެރިކަމަށް ނިމްސާ ގްރޫޕުން ވަނީ އެދިފައެވެ. އަދި ތައްކާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ 966546279315+ ނުވަތަ 966500953603+ އަންގާދިނުމަށްވެސް ވަނީ އެދިފައެވެ.
މިއަހަރު ރޯދައާއި ދިމާކޮށް 600 ވުރެ ގިނަ ދިވެހިން އުމްރާގެ އަޅުކަމަށް ފުރާފައިވާކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.