ads
ފުލުހުންގެ މަރުކަޒުނން ނުކުމެ ނޫސްވެރިންނަށް މައުލޫމާތު ފައްޔާޒު ދެއްވަނީ. ފޮޓޯ :އަދަދު
ފުލުހުން ބުނީ ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށް: ފައްޔާޒު
އާރުޑީސީގެ ހިޔާނަތާއި ގުޅުވާ މިއަދު ފުލުހުންގެ މަރުކަޒަށް ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށް ފުލުހުން ބުނިކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
Advertisement

އާރުޑީސީގެ 14 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލާފައި ފައްޔާޒު ވަނީ މިއަދު ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށްފައެވެ. ފައްޔާޒު އެތަނުން ނުކުމެވަޑައިގަތީ އެތަނުގައި ގާތްގަޑަކަށް 35 މިނެޓް ހޭދަކުރައްވާފައެވެ. 

ފައްޔާޒު ވިދާޅުވީ އޭނާ ފުލުސް އޮފީހަށް މިއަދު ހާޒިރުކުރީ ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަމަށާއި މައުލޫމާތު ސާފުކުރަންކަމަށް ފުލުހުން ބުނިކަމަށެވެ. މި ތަހުގީގު ހިންގުމުގައި ސަރުކާރުގެ ބޭނުމަކީ އޭނާއަށް އަނިޔާވެރިވާ މަންޒަރު ދައްކައިގެން އެކަމުން ދިވެހި ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުންކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

" އެ މައުލޫމާތުތަކަކީ އަޅުގަނޑުގެ އޮޑިޓް ރިޕޯޓުތަކުގައި ހާމަކުރެވި، އާންމުވެސް ކުރެވިފައިވާ މައުލޫމާތުތަކެއް. ސިޔާސީ ބޭނުމަށް ފުލުހުންގެ އިދާރާ ބޭނުންކުރުމަކީ ފުލުހުންގެ އާންމު ވާޖިބު އަދާކުރުމަށް ހުރަސް އެޅޭނޭ ކަމެއް. އެފަދަ ނޭއްގާނީ ކަންކަން ހުއްޓާލުމަށް އިލްތިމާސްކުރަން." ފައްޔާޒު ވިދާޅުވިއެވެ.

 

ފުލުހުންގެ މަރުކަޒުން ނުކުންނަވާ ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ އާރުޑީސީގެ ހިޔާނާތާއި ގުޅުވަން މަސައްކަތް ކުރަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަށް ހޯމް މިނިސްޓަރ އަލީ އިހްސާން ކަމަށެވެ. ފައްޔާޒު ވިދާޅުވީ މީ ސިޔާސީ ބޭނުންމަށް ކުރާކަމެއްކަމަށެވެ. 

 ފައްޔާޒު ވިދާޅުވީ އޭނާއާ ސުވާލުކުރީ 2022 ވަނަ އަހަރު އޭނާއާ ގުޅުން އޮންނަ ކުންފުންޏަކުން ނަގާފައިވާ ލޯނަކާއި ގުޅިގެންކަމަށެވެ. އަދި އެއީ ރައީސް އޮފީހުގެ ވެބްސައިޓްގައި އޭނާ އާއްމުކުރެއްވި މާލީ ބަޔާނުގައި ހާމަކޮށްފައިވާ ވިޔަފާރީގެ މުއާމަލާތެއްކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ. 

" މި މައްސަލައަކީ އަޅުގަނޑާ ފުރަތަމަ ކަމަކަށް ބެހޭ ކަމެއް ވެސް ނޫން. ވަރަށް ސާފުކޮށް އޮތް ކަމެއް. ހާމަކޮށްފައި އޮތް ކަމެއް. ބޮޑު ކަންތައް ގަނޑަކަށް ހަދައިގެން ރައްޔިތުންގެ މެދުގައި އަޅުގަނޑުމެންގެ އަބުރު ކަތިލަން ކުރާ ކަމެއް," ފައްޔާޒު ވިދާޅުވި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގެ) 14 މިލިއަން ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އަދި މި މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގުކޮށް ނިމުމާކައި ހަމައަށް އައިސްފައިވާކަމަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފުލުހުން ވަނީ ބުނެފަ އެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް