ads
ރައީސް މުއިއްޒު: ފުށިދިއްގަރު ފަޅު ރަސްމާލެގެ ނަމުގައި ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފައްޓަވައިދެއްވާފައި - ފޮޓޯ:ރައީސް އޮފީސް
"ރަސްމާލެ" އާއި ގުޅޭ މައްސަލައެއް އޭސީސީން ބަލަނީ
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު ވައުދުގެ ގޮތުގައި ހިމެނޭ " ރަސްމާލޭ " މަޝްރޫއާ ގުޅޭ މައްސަލައެއް އެންޓިކޮރަޕްޝަން ކިމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނީ "ރަސްމާލެ" އާ ގުޅޭ މައްސަލައެއް އެ ކޮމިިޝަނަށް ހުށެއެޅި މައްސަލައިގެ ތަހުގީގު ފެށިފައިވާކަމަށެވެ. އެއީ އެ މަޝްރޫއުގެ ހިންގުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާ މައްސަލައެއް ކަމަށްވެސް އޭސީސީން ބުނެއެވެ. އެހެންނަމަވެސް މައްސަލައިގެ ތަފްސީލެއް އަދި އެކޮމިޝަނުން ނުބުނެއެވެ.

ފުށިދިއްގަރު ހިއްކުމާއި ގުޅޭ މައްސަލައެއް އޭސީސީން ބަލަން ފަށާފައިމިވަނީ އެ މަޝްރޫއުގައި ކޮރަޕްޝަނަށް މަގު ފަހުވާކަން ކަން ހުރިކަމަށް ސިޔާސީ ފަރާތްތައް ބުނަމުން އަންނަނިކޮށެވެ. 

ރަސްމާލެ މަޝްރޫއަކީ 70 ބިލިއަން ރުފިޔާގެ ކޮރަޕްޝަން ހިމެނޭ ޕްރޮޖެކްޓެެއްކަމަށް ބުނެ އެ މައްސަލަ( އޭސީސީން) ނުބަލާތީ ހައިރާންވެ ކަންބޮޑުވާކަމަށް އިދިކޮޅު އެމްޑީޕީން ދާދި ފަހުން ވަނީ ބުނެފައެވެ. އެޕާޓީން ބުނީ ރަސްމާލެ ހިއްކާ ކުންފުންޏަށް ހުޅުމާލެއިން ދިން ބިންތަކުގެ އަގު މަޝްރޫއުގެ އަގާ ނުބައްދަލު ކަމަށެވެ.

ރަސްމާލެ މަޝްރޫއު އޭސީސީގެ ލޮލުގައި އަޅާ ނުގަންނާތީ އެކަމުގެ ކަންބޮޑުވުން މި ސަރުކާރު ވެރިކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރި ރައީސް ޔާމިންވެސް ވިދާޅުވެ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް