"ވަ-ޓް؟"
އަހަރެންނާއި ދުރަށް ޖެހިލާފައި ވާހަކަ ދެއްކިއެވެ.
"އަހަންނަށް ބަލާބަލަ.. އަހަރެން ދެ އަތާއި.. ދެފައިވެސް އެބަހުރި.. އެކަމަކު ނާދިފްއަށް އަހަރެން ކަމަކު ނުދޭ.. އެންޑް.. ނާދިފް، އެއުޅޭ.. ޕްރީޝާ ބްރީޝާއަށް ވުރެން، އަހަރެން މާ ސްމާޓް ވާނެ.."
އޭނާގެ އަމިއްލަ ނަފުސަށް އިނގިލި ދިއްކޮށްލަމުން ފަޚުރުވެރިކަމާއެކު ބުނެލިއެވެ.
"މިޒްރާ.. އާދޭ ނިދަން" އެ މައުލޫ ކުރިއަށް ގެންދަން ބޭނުންނުވާތީ އަހަރެން ބުނެލީމެވެ.
"ނޫން.. އޭގެ ކުރިން ނާދިފް ބުނަންވީ، އަހަރެން.. ނާދިފްއަށް ކަމުނުދަނީ.. ކީއްވެކަން.. ޒެއިން ބުނީ އަހަރެން މިއީ.. ވަރަށް ރަގަޅު ކުއްޖެކޭ.. މިންހާލް ބުނަނީ އަހަރެން ވަރަށް .. ރަގަޅޭ.. ޝައްޔާން ސަރ، ބަޤްޝީރާ މެޑަމް، ޖޯއީ ވެސް، އެންމެން ބުނަނީ އަހަރެން ވަރަށް ރަގަޅޭ.. ދެން ވައި.. ވައި ޑޫ ޔޫ ހޭޓް މީ ސޯ މަޗް؟"
"މިޒްރާ.. ޔޫ ޝުޑް ސްލީޕް ނައު!"
"ނޫން.. ކީއްވެ؟" ތެދުވެގެން އަހަރެންނާއި ދާދި ގާތަށް މިޒްރާ އެއެވެ. އަހަރެންގެ ގިރުވާނުގައި ދެފަރާތުން ހިފަހައްޓާފައި އޭނާއާއި ދިމާއަށް ލުއްކިއެއް ޖެހިއެވެ.
އަހަރެންގެ އަމިއްލަ ނަފުސުގެ ކޮންޓްރޯލް ގެއްލެނީކަން އެގެއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް މިކަން އަހަރެން މިވަގުތު ހުއްޓުވަން އެބަޖެހެއެވެ. އޭނާގެ މިހާލަތުގެ ފައިދާ އަހަރެން ނެގިކަމުގެ އިހުސާސެއް ދުވަހަކުވެސް ކުރެވޭކަށް އަހަރެން ބޭނުމެއް ނޫނެވެ. މިޒްރާގެ ދެއަތުގައި ހިފާފައި އޭނާ ދުރައްލާން އަހަރެން މަސައްކަތް ކުރީމެވެ. އެކަމަކު ހުރިހައި ކަމެއް ވީ ބޭކާރެވެ.
"މިޒްރާ.. އަހަރެން ގަމީހުން ދޫކޮށްލާ.. ޕްލީޒް!"
"ނޫން.. މިރޭ ނާދިފްއަށް.. ޖެހޭނީ .. ސަބަބު ބުނެދޭން.. ކީއްވެ؟ ކީއްވެ؟ ވައި ޑޫ ޔޫ ހޭޓް މީ ސޯ މަޗް؟" މިޒްރާގެ ގައިގައި ހުރި ބާރެއްލާފައި އޭނާއާއި ދިމާއަށް އަހަރެން ދަމައިގަތެވެ.
އެންދުމައްޗަށް ވެއްޓުނީ ދެމީހުން އެކުގައެވެ. ހަމައެވަގުތު އަހަރެންގެ ގިރުވާނުން މިޒްރާގެ ދެއަތް ނައްޓުވާލާފައި އޭނާގެ ބޯމައްޗަށް ވާގޮތަށް ދެއަތް ދަމާލާފައި އަހަރެންގެ ދެއަތުން ބާރަށް ހިފެހެއްޓީމެވެ. ދެއަތް ގުޑުވާވެސް ނުލެވޭ ވަރަށެވެ. ދެމީހުންގެ ދެމެދުގައި ވައިރޯޅިއެއް ދައުރުކުރާނެވެސް ޖާގައެއް ނެތެވެ. މިޒްރާ ބަލަމުންދިޔައީ އަހަރެންގެ ލޮލަށެވެ. އަހަރެންގެ ހިއްސުތަކުގެ އެއްވެސް ބާރެއް އަހަރެންގެ ކޮންޓްރޯލްގައި ނެތެވެ. އޭނާގެ ތުންފަތާއި ދިމާއަށް ގުދުވެލީމެވެ. މިޒްރާ އެސްފިޔަވެސް ޖަހާނުލައެވެ. ކޮންމެވެސް އެއްޗެއް ބުނާން އޭނާ ބޭނުންވާކަން އަހަންނަށް ޔަގީނެވެ.
"ނާދިފް.."
އޭނާގެ ޖުމުލަތައް ހުއްޓުވަން އަހަރެން ބޭނުންވިއެވެ.
"އައި ޓްރަސްޓް ޔޫ..." ބުނެލުމާއެކު ހިނިތުންވިއެވެ.
މިޒްރާގެ މައުސޫމް މޫނަށް އަހަރެން ބަލައިލީމެވެ. އޭނާއަށްޓަކައި އަހަރެންގެ ހިތް ލެބެނީ ހެއްޔެވެ؟ އެކަމަކު އެކަން އެގޮތަށް ވާނީ ކިހިނެއް ހެއްޔެވެ؟ މި ކައިވެނި ވުމަށް އަހަރެން އެއްގޮތަކަށްވެސް ބޭނުމެއް ނޫނެވެ. އަހަރެން ހަމައެކަނި އެދެނީ މިކައިވެނި ރޫޅާލުމަށެވެ. ވީ އެންމެ އަވަހަކަށް މިޒްރާ ވަރިކުރުމަށެވެ. ދެން ޕްރީޝާ..؟ އަހަރެން ޕްރީޝާއަށް ބޭވަފާތެރިވަނީ ހެއްޔެވެ؟ އިންތިހާއަށް ޕްރީޝާ އަހަރެންނަށް އިތުބާރު ކުރެއެވެ. ނުކުރޭ ހެއްޔެވެ؟ އޯ.. ގޯޑް! އެއްފަހަރާ އެތަސް އިހްސާސްތަކެއް އަހަރެންގެ ސިކުނޑިއަށް ބަރުކޮށްލައިފިއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟
އޭނާގެ ގައިމަތީން ތެދުވެ، އޭނާއާއި ޖެހިގެން އެއްފަރާތުގައި އަހަރެން އޮށޯތީމެވެ.
"މިޒްރާ.. ޑޯންޓް ޑޫ ދިސް ޓު މީ.."
އޭނާގެ ކަންފަތް ބުޑުގައި މަޑުމަޑުން އަހަރެން ބުނެލީމެވެ. ޖަވާބަކަށް އިންތިޒާރުކުރީމެވެ. އެއްޗެއް ނުބުނުމުން ބަލައިލީމެވެ. ކުޑަކުއްޖެއް ފަދައިން މިޒްރާ އޮތީ ނިދާލާފައެވެ. އިރުކޮޅެއް ވަންދެން އޭނާގެ މޫނަށް ބަލަން އޮވެވުނެވެ. ދެން އަހަރެން ތެދުވެގެންގޮސް، ސޯފާގައި އޮށޯތީމެވެ.
...........
އަހަންނަށް ހޭލެވުނީ އިރުގެ ރަންދޯދިތަކުން ސީދާ އަހަރެންގެ މޫނަށް ގޯނާކުރާތީއެވެ. ބިއްލޫރި ދޮރުން ފޭދިގެން އަންނަ އަލިކަން އަމާޒުވަނީ އަހަރެންގެ ލޮލަށެވެ.
އުނދަގުލުން ދެ ލޯ ހުޅުވާލާފައި ސީލިންގއަށް ބަލައިލީމެވެ. މިއީ އަހަރެންގެ ކޮޓަރީގެ ސީލިންގއެއް ނޫނެވެ. އަހަރެންނަށް މި އޮވެވުނީ ކޮންތާކު ހެއްޔެވެ؟ މަޑުމަޑުން އިށީންދެ، ވަށައިގެން ބަލައިލީމެވެ. ހުރިހާތަނެއް ފެންނަނީ ފަނޑުގޮތަކަށެވެ. އަހަރެންގެ ބޯ ބަރުވެ، ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ. ނިއްކުރީގައި ހިފަހައްޓާލާފައި ވިސްނަން ފެށީމެވެ. ނިދާފަ މި އޮވެވުނީ ކޮންތާކުތޯ އެނގެން ބޭނުމެވެ. އެކަށްޗެއްވެސް ވިސްނުމަކަށް ނައެވެ. ހާސްވެ ކަންބޮޑުވުމުން ދާހިއްލަން ފެށިއެވެ.
"އަހެމްމމ"
އަހަރެން މައްޗަށް ބަލައިލީމެވެ. ލޮލުގެ ފެނުން މިހާރު ރަގަޅެވެ. މަގް އެއް ހިފައިގެން އެނދުގެ ދާދި ގާތުގައި ނާދިފް ހުއްޓެވެ.
"ތިޔޯ؟"
"ބްލެކް ކޮފީ.. މީތި ބޯލާ"
"އަހަރެން ކަޅު ކޮފީ... ނުބޮން
އަހަރެންގެ ބޯ ފަޅައިގެން ދާވަރަށް އެބަރިއްސައެވެ.
"މިޒްރާ! މީތި ހުސްކޮށްލާ"
ނާދިފްގެ މޫނަށް ބަލާލާފައި އޭގައި ހިފީމެވެ. ކަޅު ކޮފީބޮއެގެންވެސް ރަގަޅުވޭތޯއެވެ.
ބަޓް- ވެއިޓް! ނާދިފްއަށް މިއައީ ކޮން ބަދަލެއް ހެއްޔެވެ؟ އަހަރެން ހޭލަންވާއިރަށް ކޮފީ ހިފައިގެން މިއައީ ކީއްވެބާއެވެ. ރޭގައި ކަމެއް ވީ ބާއެވެ. ވީގޮތެއް އެގެން އަހަރެން ބޭނުމެވެ.
"ނާދިފް.. ރޭގައި.. ރޭގައި އެއްވެސް ކަމެއް ވިތަ؟"
އަހަރެންގެ މޫނަށް ނާދިފް ބަލައިލީ، ތި ސުވާލު ތި ކުރަނީ ތިމަންނަޔާހޭ އަހާލާފަދަ ގޮތަކަށެވެ.
"ހޫމް.. ރޭގައި.. އެ ރެސްޓޯރެންޓުގަ، ކޮންމެސް ފާޑެއްގެ ޑްރިންކްއެއް މިޒްރާ ނަގައިގެން.. ދެން.. ދެން އަހަރުމެން.. ގެއަށް އައިއިރު.... ދެން އެ ހުރިހައިކަމެއް.."
އަހަރެން ރުޅިގަދަވެގެން ފުފެނީއެވެ. އެނދުން ތެދުވެގެން ދިގުފިޔަވަޅަކާއެކު ނާދިފް ކުރިމައްޗަށް ހުއްޓުނީމެވެ.
"މިސްޓަރ ނާދިފް ޝައްޔާން ދިދީ.. ކީކޭ ކިޔަން ތިއުޅެނީ؟ މިއީ ފިލްމެއް ނޫން.. ލިޔެފައި އޮތް ވާހަކައެއްވެސް ނޫން.. ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި އެހެންވީ..! މިހެންވީ.. އެކަންކުރީ..! މިކަންކުރީ، ކިޔައިގެން އަހަރެން މޮޔަހައްދަން ނޫޅޭ.. މީކީ އެ ޒަމާނެއްނޫން.. އުން! މިއޮތީ ނާދިފްގެ ކޮފީ... މިވެސް ހިފައިގެން ދޭ.."
އޭނާއަތަށް މަގް ދީފައި އަހަރެން ހިނގައިގަތީ ފާޚާނާއަށް ވަންނާށެވެ. އެކަމަކު އަހަރެންގެ އަތުގައި ނާދިފް ހިފެހެއްޓި އެވެ.
"ރޭގައި ހަމަ އެއްވެސް ކަމެއް ނުވާކަމަށްތަ ހީކުރީ..؟ ހަމަ އެއްވެސް އެއްޗެއް ނުވަތަ އެއްވެސް ކަމެއް ހަނދާނެއް ނެތްތަ؟" ނާދިފްއާއި ގާތަށް އަހަރެން ދަމައިގަންނަމުން ބުންޏެވެ. އަހަރެންގެ ބުރަކަށި ޖެހުނީ އޭނާގެ މޭގައެވެ. ކަންފަތް ކައިރިއަށް ގުދުވެ ނާދިފް ވާހަކަ ދެއްކިއެވެ.
"ބުނޭ މިޒްރާ"
"އައި ޓްރަސްޓް ޔޫ.."
އަހަރެންގެ ޖުމުލަ ނިމުމާއެކު ވަގުތުން އަހަރެންގެ އަތުން ނާދިފް ދޫކޮށްލައިފިއެވެ. ފަހަތަށް އެނބުރި ނާދިފްގެ މޫނަށް ބަލައިލާނެ ހިތްވަރެއް އަހަންނަކަށް ނުލިބުނެވެ. ނާދިފްގެ ގާތްވުމުގެ މި ހަރަކާތުން އަހަރެންގެ މޫނުގެ ކުލަ މަޑުފިޔާތޮށިކުލައިން ރަތްކުލައަށް ބަދަލުވަމުންދާކަން އަހަންނަށް އެގުނެވެ. އޭނާގެ އެ ގާތްކަން އަހަރެންގެ ހިއްސުތަކުން ކޮންޓްރޯލް ގެއްލުވާލާފަދަ ބާރުގަދައެވެ. އުތުރި އަރަމުންދިޔަ އިހްސާސްތައް ފޮރުވުމަށް އަވަހަށް އަހަރެންވަނީ ފާޚާނާއަށެވެ.
ފާހާނާއަށްވަދެ އަހަރެން ގައިގައި ހުރި ހުރިހާ ފޭރާމެއް ގަޔާއި ވަކިކުރީމެވެ. އެއްވެސް ބަދަލެއް އައިސްފައިވޭތޯ ބަލަން ބޭނުންވިއެވެ. އެކަމަކު އަހަރެންގެ ގައިގައި ކުރިން ނެތް އެންމެ ކޫރެއްވެސް އިތުރަށް އެޅިފައި ނެތެވެ. އެއްވެސް އިތުރު ނިޝާނެއް ހަށިގަނޑުން ފެންނާކަށް ނެތެވެ.
"އއރރގގގ... އެއްވެސް ކަމެއް ހަނދާނަކަށް ނާދޭ.. އަހަރެން ރޭގައި ކުރީ ކީއްބާ..؟" އަމިއްލަ ނަފުސާ ސުވާލުކުރެވުނެވެ.
ފެންމާގަނޑު ދަށުގައި އާންމުކޮށް ހޭދަކުރާ ވަގުތައްވުރެން ގިނައިރު މިއަދު މަޑުކުރީމެވެ. އަހަރެން ނިކުތީ އަޅިކުލައިގެ ޖީންސްއަކާއި ފިޔާތޮށިކުލައިގެ ކުރު ޓޮޕްކޮޅެއް ލައިގެންނެވެ.
....................
ރާއްޖެ އައުމަށްޓަކައި ހުރިހައި ތައްޔާރީއެއްވެގެން އަހަރެން މި އިންނަނީ މިޒްރާގެ އިންތިޒާރުގަ އެވެ. އަދިވެސް އޭނާއެއް ނުނިކުމެއެވެ. ހަމަޖެހިލައިގެން ސޯފާގައި އިންދައި އަހަރެންގެ ފޯނު ރިންގްވިއެވެ.
"ޕްރީޝާ"
ސްކްރީނުން ފެންނާން އޮތް ނަން އަހަރެން ކިޔައިލީމެވެ.
އެކަމަކު އެ ކޯލް އަހަރެން ނުނަގަމެވެ. އޭނާއާއި ވާހަކަދެއްކުމުގެ މޫޑެއް މިވަގުތަކު ނެތެވެ. ކޯލް ނިމުމާއެކު ފޯނަށް އައީ މެސެޖެކެވެ.
"ނާދިފް... އައި އެމް ސޮރީ.."
އޭނާ މަޢާފަށް މިއެދެނީ ކޮންކަމަކާ ބާއެވެ.
މިހާރަކަށް އައިސް ޕްރީޝާގެ ހަރަކާތްތައް ދެނެގަންނާން އެއްގޮތަކަށްވެސް އަހަންނަކަށް ނޭގެއެވެ. ވިސްނާލާފައި ވަގުތުން އަހަރެން އޭނާއަށް ގުޅާލީމެވެ. އެކަމަކު އޭރު ފޯން އޮތީ ނިވާލާފައެވެ.
އަހަރެން ހާސްވެ، ކަންބޮޑުވިއެވެ. އަނެއްކާ މިއީ ކޮން ޑްރާމާއެއްބާއޭ ހިތައް އެރިއެވެ.
އޭނާގެ ގޭގެ ލޭންޑްލައިން އަށް އަހަރެން ގުޅީމެވެ. ތިންފަހަރު ގުޅީމަވެސް ފޯނެއް ނުނަގައެވެ.
މިއީ އަހަރެންގެ ކުށެވެ. އޭނާ ގުޅިވަގުތު ފޯނު ނުނެގުމަކީ އަހަންނަށް ކުރެވުނު ކުށެކެވެ.
އަހަރެންގެ ޚިޔާލްތަކުގެ ތެރޭގައިވަނިކޮށް ފެނުނީ މިޒްރާ އައިސް ހުއްޓުނުތަނެވެ.
"ވީ ނީޑް ޓް ރަޝް"
އަހަރެން ބުނީމެވެ.
"މާދީފ.."
"މިޒްރާ! ވަގުތު ބޭކާރު ނުކުރޭ!"
"ފައިން"
އަހަރެންގެ ދިރިއުޅުން ހަމައެއްގޮތަކަށްވެސް އަމާންކަމާއެކު ކުރިއަށް ގޮސްގެން ނުވާނެއެވެ. ކޮންމެވެސް ކަމެއް ކޮންމެ ފަހަރަކު ވާންޖެހެއެވެ. މިފަހަރުވެސް މިވީ އެހެނެވެ.
އެނދުމަތީގައި ބަހައްޓާފައި އިން ފޮށި ހިފައިގެން މިޒްރާ އެނބުރެލިވަގުތު އޭނާއަށް ކޮންމެވެސް އެއްޗަކަށް ފައިން އެރުނީއެވެ. އަރިއަޅައިލުމުން ވެއްޓުނަ ނުދިނުމަށްޓަކައި އޭނާ ހިފެހެއްޓީ އަހަރެންގެ ގައިގައެވެ. ދެމީހުން އެކުގައި ވެއްޓުނީ ސޯފާ މައްޗަށެވެ. މިޒްރާ އޮތީ އަހަރެންގެ ގައިމަތީގައެވެ.
އަހަރެންގެ މޫނާއި އޭނާ ގާތްވެލިއެވެ. އޭނާގެ މަގުސަދަކީ ކޮބައިކަމެއް އަހަންނަކަށް ނޭގެއެވެ. ދެމީހުންގެ ނޭފަތް ޖެހޭނުޖެހޭ ވަރަށް ގާތްވި ވަގުތު މިޒްރާގެ ފޯނު ރިންގްވިއެވެ. ދެމީހުންނަށް ހަމަބިމަށް ތިރިވެވުނީ އެވަގުތުއެވެ. އަހަރެންގެ ގައިމަތީން ފުންމައިގެން މިޒްރާ ތެދުވިއެވެ. އަހަރެންނާއި ދުރަށް މިޒްރާ އެނބުރުނެވެ. އޭނާގެ 'ބްލަޝް' އަހަންނަށް ފޮރުވުމުގައި މިފަހަރު ނާކާމިޔާބުވި އެވެ.
އަހަރެން ތެދުވެ، ކަނދުރާގައި އަތްހާކާލީމެވެ. އަދި ފުރަގަހުން ބޯވެސް ކަހައިލެވުނެވެ.
"ޔެސް ސަރ.. ޔެސް ސަރ" ފޯނަށް ޖަވާބުދިނީ ކޮޓަރިތެރޭގައި މިޒްރާ ދެކޮޅަށް ހިނގަމުންނެވެ. އެވަގުތު ދޮރުގައި ޓަކި ޖަހާލިއެވެ.
މިވަގުތު އަނެއްކާ ކާކުބާއެވެ. އަހަރެން ދޮރުހުޅުވާލީމެވެ. ކުރިމަތީގައި ހުރީ އާރަވްއެވެ.
"ހޭއ!"
މާނައެއް ނެތް ހިނިތުންވުމެއް އަހަރެން ރައްދުކޮށްލީމެވެ.
"ނާދިފް.. ދިޒް.. އިޒް ޔޯ ޕާޓް އޮފް ދަ ކްލިޕް" ޕެންޑްރައިވްއެއް ދިއްކޮށްލަމުން އޭނާ ބުންޏެވެ.
"ތޭންކްސް"
ފައިނަލް ކްލިޕް ފޮނުވާނީ ބޭންޑްގެ ހުރިހައި މީހުންގެ މަސައްކަތްތައް ނިމުނީމައި ކަމަށް އާރަވް ބުންޏެވެ.
"ޔޫ ގައިސް ލީވިން؟"
"ޔާ! އިން ފައިވް މޭބީ"
މިޒްރާ އަދިވެސް ފޯނުގައި 'ބިޒީ'އެވެ.
"އޯކޭ ކޫލް.. ބާއި.."
ދޮރު ހުޅުވާފައި އަހަރެން ނިކުތީ ބޭރަށެވެ. މިޒްރާގެ ފޮށި ހިފައިގެން އައުމަށް އޭނާއަށް އިޝާރާތް ކުރީމެވެ.
......................
އަހަރެންގެ ޑްރައިވަރ އަހަރުމެންގެ އިންތިޒާރުގައި ހުއްޓެވެ.
"ކާރަށް ފޮށިތައް އަރުވާފައި ޓެކްސީއެއްގައި ނައްޓާލާ.. މިއަދު ދުއްވާނީ އަހަރެން އަމިއްލައަށް"
އަހަރެންނަށް ކިޔަމަންވުމުގެ ގޮތުން ކާރުގެ ތަޅުދަނޑި ހަވާލުކޮށްފައި ޑްރައިވަރ ހިގައްޖެއެވެ. އެއަޕޯޓުން ނައްޓާލުމާއެކު "ކޭ އެފް.އެމް" އަށް ރޭޑިއޯ ޓިއުން ކޮށްލީމެވެ. އަހަންނަކީ ރޭޑިއޯ އަޑުއަހާ މީހެއް ނޫނެވެ. އެކަމަކު މިއަދު މިއީ އަހަރެންގެ ކާރުގައި އަހަންނާއެކު މިޒްރާ ދަތުރުކުރާ ފުރަތަމަ ފަހަރެވެ. ނުތަނަވަސްކަން ފިލުވާލުމަށް ތަފާތު ލަވައެއް އަހަރެން ބޭނުންވިއެވެ.
ނަސީބުގައި އޮތީ ކޯންޗެއް ކަމެއް ނޭގެއެވެ. ދެވަނަ ލަވައެއްގެ ގޮތުގައި އެ ފެށީ.. ކަލާޔާ ނުލާ އެވެ.
އަހަރެން ވައްކަޅިން މިޒްރާއަށް ބަލައިލީމެވެ. ކުޑަކޮށްވެސް ހަމަ އެއްވެސް ކަމެއް އަދިޔަކު އޭނާގެ ހަނދާނަކަށް ނާދެއެވެ. އެރޭގެ އެއްވެސް ހާދިސާއެއްގެ ޒައްރެއްގެ މިންވަރުވެސް އޭނާގެ ހަނދާނަށް އައުމަކަށް އަހަރެން ނޭދެމެވެ. އޭނާއަށް ދައްކަން ބޭނުންވަނީ އަހަރެންގެ "މޮންސްޓަރ" މިޒާޖެވެ. ލޮނާވްލާ ދަތުރުގައި އަހަރުމެން ދެމެދު ހިނގި ކަންކަން އެއީ ވެގެން ވާނެ ކަންކަމެއް ނޫނެވެ. މިޒްރާއަށް ޖެހޭނީ އަހަރެން ދޫކޮށްފައި ދާށެވެ. ވީ އެންމެ އަވަހަކަށް އަހަރެން އޭނާ ވަރިކުރާނަމެވެ. އެކަމަކު އެކަން ކުރަންޖެހޭނީ މިޒްރާ އަމިއްލަޔަށެވެ. ތަނެއް ދޮރެއްވެސް އަންގާނުލާ އެކަމަށް މަޖުބޫރުކުރާނީ އަހަންނެވެ.
ލަވައިގެތެރެއަށް ގެއްލިފައި އިނދެގެން، އެލަވައާއި އެއްވަރަށް މިޒްރާ ދިޔައީ ލަވަކިޔަމުންނެވެ. ކުއްލިޔަކަށް އަހަރެން ލަވައިގެ އަޑު އެއްކޮށް މަޑުކޮށްލީމެވެ. ހައިރާންވެފައި އަހަންނާއި ދިމާއަށް އޭނާ ބަލައިލިއެވެ. ނޭގޭކަމަށް ހަދާފައި އަހަރެން ބޭރު ބަލައިލީމެވެ.
"އަހަރެން އަޑުއަހަނީ" ރުޅިގަދަވެފައި ބުންޏެވެ.
"ނޮޓް މީ" މޫނަށް ވައްތަރުޖައްސާލަމުން އަހަރެން ބުނީމެވެ.
..................
ކާރުން ފޭބުނުއިރު ދޭއްޖަހައި ބޮޑުވެއްޖެއެވެ. އަތާއި ހަށިގަނޑު ދަމާލައި ކުޑަކޮށް ކަސްރަތުކޮށްލީމެވެ.
"ވެ-އި-ޓް.. އަހަރުމެން އޮފީހަށް މިއައީ ކީއްވެ؟" ނާދިފްއަށް ބަލައިލަމުން އަހަރެން ބުނީމެވެ.
ކާރުން ފައިބައިގެން އަހަންނާއި ދިމާއަށް ބަލައިވެސްނުލާ ނާދިފް ބިލްޑިންގ ތެރެއަށް ވަދެގެން ހިނގައްޖެއެވެ.
"ނާދިފް.. އަހަރެން.." އަތުން އިޝާރާތްކުރަމުން ނާދިފްއާއި ވާހަކަދެއްކޭތޯ ބެލީމެވެ. އެކަމަކު އެތެރެއަށް ވަދެގެން އޭނާ ހިނގައްޖެ އެވެ.
އެއްވެސް ކަމެއް ސީދާސީދަލަށް ބުނުމަށް ނާދިފް އެލަރޖިކް ވަނީކަންނޭގެއެވެ. ކޮންމެ ވަގުތަކު، ކޮންމެ ކަމެއްގައި އޭނާގެ ބޮޑާކަމާއި ކިބުރުވެރިކަން ދައްކާލަ އެވެ.
ހުރިފިޔަވަޅުމަތީގައި މަޑުކުރީމެވެ. ފަނަރަވަރަކަށް މިނެޓް ފަހުން އޮފީސްތެރެއަށް ވަނީމެވެ. ޖޯއި އަހަންނަށް މަރުހަބާކިއެވެ. ދެން ފެނުނީ ތަފާތު މަންޒަރެކެވެ. މުވައްޒަފުން އަވަދިނެތި އެކި ދިމަދިމާއަށް ދުވަނީއެވެ. ކުލަކުލައިގެ ކަރުދާހާއި ޓޭޕް ރޯލްތަކާއި ޒިނަތްތެރިކުރާން ބޭނުންކުރާ ތަފާތު އެއްޗެހި ދުށީމެވެ.
"ކިހިނެއް ވެގެން މިއުޅެނީ؟" ޖޯއީއާއި އަހަރެން ސުވާލުކުރީމެވެ.
"މި އަންނަނީ"
މިފަހަރުވެސް ޖަވާބެއް ނުލިބުނެވެ.
ޖޯއީ އާއިވާހަކަދައްކަން އަހަރެން މަސައްކަތްކުރަމުންދަނިކޮށް ފެނުނީ ބޮޑު ބޯޑެއް ހިފައިގެން އަހަރެންނާއި ދިމާއަށް މީހަކު އަންނަ މަންޒަރެވެ. ޖޯއި ކުއްލިޔަކަށް އެނބުރުނު ވަގުތު އެ ބޯޑުގައި ޖެހިފައި އަހަރެންނާއި ބޯޑާއި އަދި އެމީހަކު ވެއްޓުނެވެ. އެމީހަކު ވެއްޓުނީ އަހަރެންގެ ގައިމައްޗަށްވާ ގޮތަށެވެ.
"އައެމް ސޮރީ"
ވަރަށް ތަދުވިއެވެ. އެމީހަކާއި ދިމާއަށް އަހަރެން ބަލައިލީމެވެ. ކުއްލިޔަކަށް އަހަރެން ގައިމަތީން އެމީހަކު ތެދުވިއެވެ.
"މިންހާލް!!"
-ނުނިމޭ-