ads
އިތުބާރެއް ނުކުރެވޭ، ވޯޓްލާން ނުކުންނަ އަދަދު މަދުވާނެ: އެޗްއާރުސީއެމްގެ ދިިރާސާ
ރާއްޖޭގައި ބާއްވާ އިންތިހާބުތަކަށާއި އިންތިހާބުވާ މީހުންނަށް ރައްޔިތުން އިތުބާރު ނުކުރާކަން ހިއުމަން ރައިޓްސް ކޮމިޝަނުން ހެދި ސާވޭއަކުން ދައްކައިފި އެވެ.
Advertisement

މަޖިލިސް އިންތިހާބާއި ދިމާކޮށް މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއް ހިމެނޭހެން އެޗްއާރުސީއެމުން ހެދި ދިރާސާއިން ދައްކާ ގޮތުގައި އެކި ދާއިރާތަކަށް އިންތިހާބުކުރެވޭ ފަރާތްތަކަށް ކުރާ އިތުބާރު ދަށްވަމުން ދާކަން ވަނީ ފާހަގަކޮށްފައެވެ. ސާވޭގެ ބައިވެރިން ބުނީ އިންތިޚާބުވާ މީހުންގެ ސަބަބުން އެ މީހުންގެ ދިރިއުޅުމަށް ފައިދާހުރި ބަދަލެއް ނާންނަކަމަށެވެ. މި ސަބަބާއި ހުރެ ވޯޓްލާން ނުކުންނަ މީހުން ބޭނުންނުވާކަން ސާވޭއިން ދައްކައެވެ.

"މާލެ އާއި އަތޮޅުތަކަށް ބަލާއިރު ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ %78 މީހުން ވޯޓު ލާނެ ކަމަށް ބަޔާންކޮށްފައިވާއިރު އަތޮޅުތެރޭގައި މި އަދަދު %52 އަށް ދަށްވެފައިވެ އެވެ. އެޗްއާރުސީއެމްގެ ދިރާސާ ރިޕޯޓްގައިވެ އެވެ.

ސާވޭގެ ނަތީޖާ ދައްކާގޮތުން ވޯޓްލާން ނުކުންނަށް ބޭނުންނުވާ މީހުންގެ ބޮޑު އާބާދީއަކީ ޒުވާނުންނެވެ. މިގޮތުން ޒުވާނުންގެ އާބާދީ ވޯޓްލާން ނުކުންނާނެކަމަށް ބުނީ %60 ކަމަށާއި މީ ކަންބޮޑުވާންޖެހޭ އަދަދެއްކަމަށް އެޗްއާރުސީއެމްގެ ރިޕޯޓްގައި ވަނީ ފާހަގަކޮށްފަ އެވެ. 

މަޖިލިސް މެމްބަރުން ހޮވުމަށްފަހު ޕާޓީ ބަދަލުކުރާ މައްސަލައަށްވެސް މި ސާވޭގައި ވަނީ ބަލާފަ އެވެ. 

ޕާޓީއެއްގެ ފަރާތުން ރައްޔިތުން ތަމްސީލުކުރަން މަޖިލީހަށް އިންތިޚާބުވާ ފަރާތްތަކާއި އަމިއްލަ ފަރާތްތަކުގެ ގޮތުގައި އިންތިޚާބުވާ ފަރާތްތަކުން އެމީހެއް ހޮވުނު ޕާޓީ ނޫން ޕާޓިއަކަށް ސޮއިކޮށްފިނަމަ (ފްލޯރ ކްރޮސް ކޮށްފިނަމަ) އެ މެމެބްރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް ސާވޭގެ ބައިވެރިންގެ %73 މީހުން ވަނީ ބުނެފަ އެވެ.  

މަޖިލީހަށް އިންތިހާބުވި ފިކުރު ނޫން އެހެން ފިކުރަކަށް ބަދަލުވެއްޖެނަމަ އެ ގޮނޑި ގެއްލެންވާނެ ކަމަށް ސާވޭގެ ގިނަބައިވެރިން ފާހަގަކޮށްފައިވުމަކީ ނިޒާމީ ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ދައްކުވައިދޭކަމެއްކަމަށް އެޗްއާރސީއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. 

ވޯޓަށް ނުފޫޒު ފޯރުވުމަށްޓަކައި ވަޒީފާ ދިނުމާއި ގިނަ ޕްރޮޖެކްޓްތައް ފެށުމުގެ އިތުރުން ފައިސާ ބެހުމަކީ އާއްމުކަމެއްކަމަށް ސާވޭގައި ބައިވެރިވި ގިނަ މީހުން ވަނީ ބުނެފަ އެވެ. އަދި ކަންކަން ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު ނާޅާތީ މިކަހަލަ މައްސަލަތައް ކަމާއި ގުޅޭ ދާއިރާތަކަށް ހުށައަޅަން ބޭނުންނުވާކަމަށްވެސް އެޗްއާރުސީއެމްގެ ދިރާސާގައި ބައިވެރިވި މީހުން ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ އަދަދު މަދުކުރަން ފެންނަކަމަށް ސާވޭގެ ގިނަ ބައިވެރިން ވަނީ ބުނެފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް