ads
ކެމްޕެއިން ދަތުރެއްގައި އެމްޑީޕީގެ ރައީސް އިބޫ ފުރާވަޑައިގަތުމަށް މޯލްޑިވިއަންގެ ބޯޓަކަށް އަރަނީ ---- ފޮޓޯ: އެމްޑީޕީ
އެމްޑީޕީން މޯލްޑިވިއަނަށް 5.6 މިލިއަން ރުފިޔާ ނުދައްކައިގެން ކޯޓަށް
އެމްޑީޕީން ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރި ދަތުރުތަކަށް ދައްކަންޖެހޭ 5.6 މިލިއަން ރުފިޔާ ދައްކާފައިނުވާތީ އެ ޕާޓީއާއި ދެކޮޅަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅައިފި އެވެ.

މޯލްޑިވިއަނުން ބުނީ އެ މައްސަލައާ ގުޅިގެން އެމްޑީޕީއަށް މިދިޔަ މަހު ފައިސާ ދެއްކުމަށް ލިއުމުން އަންގައި ފައިސާ ދައްކަން ފުރުސަތު ދީފައިވާ ކަމަށާއި، ނަމަވެސް އެ ޕާޓީން އެ ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން އެމްޑީޕީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާ ގޮތުގައި ހިދުމަތް ހޯދާ ދުވަހުން ފެށިގެން 48 ގަޑިއިރުގެ ތެރޭގައި ބިލްތަކަށް ފައިސާ ދައްކަން ޖެހޭނެ ކަމުގަ އެވެ.

މޯލްޑިވިއަނުން ބުނީ އެމްޑީޕީން ނުދައްކާ ހުރީ މިދިޔަ ރިޔާސީ އިންތިހާބުތެރޭ އެ ޕާޓީން އައިލެންޑް އޭވިއޭޝަނުން ނަގާފައިވާ ޓިކެޓާއި ޗާޓާ ފްލައިޓުތަކަށް އަރާ ފައިސާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރު މަހާ ހަމައަށް ކޮށްފައިވާ 10 ދަތުރަށްވާ ފައިސާ އެވެ.

މިމައްސަލާގައި ފައިސާ ނުދައްކައިފިނަމަ ދައުވާކުރާނެ ކަމަށް މިދިޔަ މަހު ކުރީކޮޅު މޯލްޑިވިއަންއިން އެޕާޓީއަށް ލިއުމުން ވަނީ އަންގާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް