ads
ރައީސް މުއިއްޒު
ކުޅިވަރުގެ ގިނަ ޕްރޮޖެކްޓްތަކެއް މިއަހަރު ކުރިއަށްދާނެ
ކުޅިވަރުގެގިނަ މަޝްރޫތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުޅިވަރުގެ ދާއިރާގެ ގިނަ މަޝްރޫތަކެއް މިއަހަރު ތެރޭގައި ކުރިއަށް ދާނެކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމަށް އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް މިއަދު ދެއްވި ޖަވާބުގައެވެ.

ނ. މާޅެންދޫ، ލައިފްހާޓް، މުޙައްމަދު ނިޝާމް، ރައީސުލްޖުމުހޫރިއްޔާއަށް ކުރެއްވި ސުވާލަކީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ސްޕޯޓްސް އެރީނާތައް ގާއިމުކުރެއްވުމާ ގުޅޭ ގޮތުންނެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ކުޅިވަރުގެ ދާއިރާއަކީ ވަރަށް ބޮޑު އިސްކަމެއް ދެވިފައިވާ ދާއިރާއެއް ކަމަށެވެ.

ރައީސް މިއަދު މިހެން ވިދާޅުވިއިރު، މި ފަހުން އަށް ރަށެއްގެ ދަނޑުގައި ޓާފް އެޅުމަށް ސަރުކާރުންވަނީ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި ރާއްޖޭގައި ކުރިއަށް އޮތް 20 އަހަރުގެ ތެރޭގައި އެންމެ ބޮޑެތި ކުޅިވަރު މުބާރާތްތައް ހޯސްޓް ކުރުމުގެ ދުރު ރާސްތާ އަމާޒެއް ހިމެނޭހެން، ކުޅިވަރުގެ މާސްޓަރ ޕްލޭންވަނީ އެކުލަވާލާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް