ads
އެއާ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ބޯޓު.
އެއާ އެމްބިއުލާންސްގެ ފުރަތަމަ މަހު 60އަށްވުރެ ގިނަ ދަތުރު
ސިއްހީ އިމަޖެންސީ ހާލަތްތަކުގައި ބަލި މީހުން އުފުލުމަށް ބޭނުންކުރާ އެއާ އެމްބިއުލާންސްގެ ހިދުމަތް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށިތާ މަސް ދުވަހުން ކުރި ދަތުރުގެ އަދަދު 60 އަށް އަރައިފި އެވެ.

ވައިގެމަގުން ބަލިމީހުން އުފުލުމަށް ހާއްސަ މަތިންދާބޯޓު "އެއާ އެމްބިއުލާންސް"ގެ ހިދުމަތް ރާއްޖޭގައި ފެށީ މާރިޗް މަހުގެ 1ވަނަ ދުވަހުއެވެ. މި ހިދުމަތުމައި ފުރަތަމަ ބޭނުންކުރަން ފަށާފައިވަނީ ޑޭޝް-8 މަރުކާގެ ބޯޓެކެވެ. އަދި އޭޕްރިލް 15އިން ފެށިގެން މި ހިދުމަތުގައި ސީ ޕްލޭންވެސް ވަނީ ބޭނުންކުރަން ފަށާފައެވެ. އެއީ ޑީއެވްސީ-6 ޓްވިން އޮޓަރ އެކެވެ.

މި ބޯޓުން އެއްފަހަރާ ދެ މީހުން އުފުލޭނެ ޖާގަ އޮވެ އެވެ. މީގެ އިތުުރުން އެއާޕޯޓް ނެތް ރަށްރަށުން ބަލި މީހުން ގެންދަނީ ސީޕްލޭންގަ އެވެ. މި ބޯޓުވެސް ވަނީ އެކަމަށް ހާއްސަކޮށް މޮޑިފައިކޮށްފަ އެވެ.

އެއާ އެމްބިއުލާންސުގެ ހިދުމަތް ދިނުމަށްޓަކައި ހާއްސަ ޕެރެމެޑިކް ޓީމަކާއެކު 15 މީހުން ހަރަކާތްތެރިވެ އެވެ. އޭގެތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.  

މޯލްޑިވިއަނުން ބުނީ އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކޮށް ފުރަތަމަ 1 މަސްދުވަހު 66 އިވަކުއޭޝަން ހަދާފައިވާކަމަށެވެ. މިއީ ހާލު ދެރަ ބަލިމީހުން އަވަސް ފަރުވާއަށް މާލެއާއި ހަމައަށް ގެނައުމަށް ކޮށްފައިވާ ދަތުރުތަކެވެ.

އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފުކުރެއްވުމާއި އެ ހިދުމަތް ފުޅާ ކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދެކެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް