ads
ޕީއެންސީން މިއަދު ބޭއްވި ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
ޖިންސީ ގޯނާގެ ތުހުމަތު އޮތް މީހުން ސަރުކާރުގައި، ހީނާ ފިނި ޖަވާބެއް
ޖިންސީ ގޯނާގެ ތުހުމަތު އޮތް ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދަށް ކުރިޔަށް އޮތް މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން އެމްޑީިޕީން ޓިކެޓް ދިނުމުން ސަރުކާރު ހިންގާ ޕީއެންސީ ކަންބޮޑުވުން ފާޅުކޮށްފި އެވެ.
Advertisement

މަޖިލިސް އިންތިހާބާއި ގުޅިގެން ސަރުކާރުން ކޯލިޝަނުން ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ހިނާ ވަލީދު ޖިންސީ ގޯނާ ކުރާ މީހުންނަށް މި ސަރުކާރުން ޓޮލަރޭޓް ނުކުރާނެކަމަށެވެ. އެހެން ވިދާޅުވީ ޖިންސީގެ ގޯނާގެ ސީރިއަސް ތުހުމަތުތަކެއް އޮތް އަލީ ވަހީދަށް އެމްޑީޕީން ޓިކެޓް ދީފައިވާތީ އެ ޕާޓިއަށް ފާޑު ވިދާޅުވެއެވެ. 

އަލީ ވަހިދާއި އެމްޑީޕީގެ ވާހަކަތައް ދެއްކުމުން މި ސަރުކާރުގެ ތެރޭގައިވެސް އެފަދަ ތުހުމަތުތައް އޮތް މީހުން ތިބިކަމަށް ބުނެ ނޫސްވެރިން ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން އަލީ ވަހީދަށް ކުރާ ތުހުމަތުތަކުގައި ގުޅުވާ އެ ތުހުމަތުތަކުގައި މިދިޔަ ސަރުކާރުން ވަޒީފާއިން ވަކިކުރި ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑައިރެކްޓަރު މުހައްމަދު ހައްސާން މި ސަރުކާރުގައި ރައީސް އޮފީހުގެ ވަޒީފާއެއްގައި ހުރިކަން ވާހަކަ ނޫސްވެރިން ފާހަގަކުރިއެވެ.

އޭގެ އިތުރުން،ސަރުކާރު ޓިކެޓްގައި މައްޗަންގޮޅި ދެކުނު ދާއިރާއަށް ވާދަކުރާ މުސްތަފާ ހުސެއިންގެ މައްޗަށް ވެސް ޖިންސީ ގޯނާގެ ތުހުމަތުތަކެއް އޮތްކަން ނޫސްވެރިން ފާހަގަކުރި އެވެ. 

މި މީހުންނާއި މެދު ކަންބޮޑުން ނެތްތޯ ސުވާލުކުރުމުން ހިނާގެ ދެއްވީ ވަރަށް ކުުރު ޖަވާބެކެވެ. ހީނާ ވިދާޅުވީ ސާބިތުވާވަރު ކަމެއް އޮތްނަމަ އެ މީހަކަށް ދޭންޖެހޭ އަދަބެއް ތަފާތުކުރުމެއް ނެތި ސަރުކާރުން ދޭނެކަމަށެވެ. 

" އަޅުގަނޑުމެންގެ ޕާޓީގެ ފަރާތުން އެފަދަ ކެނޑިޑޭޓަކުން ވާނަމަ އެކަމުގެ ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް އަޅުގަނޑު ދެން އިނގޭތޯ،" ތަރުޖަމާނު ހީނާ ވިދާޅުވި އެވެ.

ދާދި ފަހުން ވަނީ މި ސަރުކާރުން އެމްއެމްޕީއާރުސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް އައްޔަންކުރި ބައްސާމް އާދަމް އެތަނުގެ މުވައްޒަފުންނަށް ޖިންސީ ގޯނާކުރި މައްސަލައެއްވެސް ފެންމަތިވެފަ އެވެ. 

އަލީ ވަހީދަށް ކުރާ ޖިންސީ ގޯނާގެ މައްސަލާގައި އޭނާގެ ފަރާތުން އަނިޔާ ލިބުނު މީހުން ދީފައިވާ ބަޔާންތައް ވަނީ ލީކުވެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް