ads
ވެމްކޯ ވެހިކަލް
އަލިފުއްޓަށް ކުނި ބަލާ ނާންނަ ތާ ދެ އަހަރު؛ މި ވާހަކަ ވެމްކޯއިން ދޮގުކުރޭ.!
ވެމްކޯއިން އަލިފުއްޓަށް ކުނި ބަލާ ނާންނަތާ ދެއަހަރު ވާން ގާތްވެއްޖެކަމަށް އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވިދާޅުވި ވިދާޅުވުން ވެމްކޯގެ ޑީއެމްޑީ މުހައްމަދު އަބްދުލް ކަރީމް ދޮގުކޮށްފި އެވެ.
Advertisement

"ސީއެންއެމް" އަށް މައުލޫމާތު ދެއްވަމުން އަލިފުށީ ކައުންސިލްގެ ރައީސް އާދަމް އިމްރާން ވަނީ އަލިފުށީގެ ކުނިކޮށި ހުރީ ރަށުގެ ވަރަށް އެތެރޭގައި ކަމަށް ވިދާޅުވެ އެއާ ގުޅިގެން ވަރަށް ބޮޑެތި އުނދަގޫތަށް ރަށު ރައްޔިތުންނަށް ކުރިމަތިވާކަމަށް ވިދާޅުވެފަ އެވެ. އަދި ކުނި މެނޭޖްކުރުން ވެމްކޯއާ ހަވާލުކޮށްފައިވާނަމަވެސް އެ ކުންފުނިން ކުނި ބަލާ ނާންނަތާ 2 އަހަރު ދުވަހާ ގާތްވެދާނެކަމަށްވެސް ކައުންސިލް ރައީސް ވަނީ ވިދާޅުވެފަ އެވެ. 

އަދި އެކަމަށް ބަރާބަރަށް ފައިސާ ދައްކަމުން ދާކަމަށްވެސް އަލިފުށީ ކައުންސިލް ރައީސް ވަނީ ފާހަގަކޮށްފަ އެވެ.

"ކުނި މެނޭޖްކުރުން އެ އޮތީ އަޅުގަނޑުމެން ވެމްކޯއާ ހަވާލުކޮށް އެއްބަސްވުން ހަދާފައި، ނަމަވެސް ފާހަގަކޮށްލަން ބޭނުން އެއްއަހަރު ދެއަހަރު ވަރު ވެދާނެ ކުނި ބަލާ ނާންނަތާ، އެކަމަކު ބަރާބަރަށް ލާރި ދައްކާ މިކޮޅުން، ސަރުކާރުގެ ކުންފުނިތަކުން ހަދާފައި ހުންނަ އެއްބަސްވުމެއް ހުންނަނީ، އެއަށް އަމަލެއްނުކުރޭ، ނަމަވެސް ހައްގުތަކުގެ ވާހަކަ ދެއްކީމަ އެއްބަހެއް ނުވޭ، އެކަމާ ގުޅޭ އެއްބަސްވުމުގައި ސޮއި ކުރިނަމަވެސް ކުނި ބަލައެއް ނާދޭ" ރައީސް ވިދާޅުވި އެވެ.

މި މައްސަލައާ ގުޅޭގޮތުން ސީއެންއެމް އިން ވަނީ ވެމްކޯގެ ޑީއެމްޑީ މުހައްމަދު އަބްދުލް ކަރީމް އާ ސުވާލުކުރައްވާފަ އެވެ. ކަރީމް ވިދާޅުވީ އަލިފުށީ ކައުންސިލަކަށް އެގޮތަށް ބުނެވެން ނޯންނާނެކަމަށާއި އެއްބަސްވުން ވާނީ މި ޖެނުއަރީ މަހު ރިވައިޒް ކުރެވިފައި ކަމަށެވެ.

ޖެނުއަރީގަ އެގްރީމަންޓް ރިވައިޒްކުރީމަ އެކޮޅަކަށް އެހެން ނެތް ބުނެކަށް، 2 އަހަރު ވެއްޖެއެކޭ، އަނެއްކަމަކީ އަސްލު އެ ޕްރޮގްރާމަކީ ހަގީގަތުގަ ނ،ރ،ބ،ޅ އެ 4 އަތޮޅުގައި، ރ އަތޮޅު ވަންދޫއަށް ގެންދިއުމަށް ވެމްކޯއާއެއްކޮށް އެއްބަސްވާ ރަށްރަށަށް އަޅުގަނޑުމެންދޭ ހިދުމަތެއް، ދެން އެ ހިދުމަތުގައި ކުޑަ ކުޑަ ލަސްވުމެއް އަޔަސް ހިދުމަތް ހަަމަ ބަރާބަރަށް ދެމުން މި އަންނަނީ،" ވެމްކޯގެ ޑީއެމްޑީ މުހައްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.

މީގެ އިތުރުން ވެމްކޯގެ ޑީއެމްޑީ ވިދާޅުވީ މިހާރު ރިވައިޒްކުރި އެއްބަސްވުމާއި އެކު އަލިފުށީގެ ދަތުރު ސްކެޑިއުލް ވެފަ އިނީ މިއަންނަ މަހަށް ކަމަށެވެ.

"އެއްބައި ރަށްރަށަށް ބުނެފަ އެބައޮތް ތިމަންނަމެންގެ ރަށަށް އަންނާނީ އަހަރަކު އެއްފަހަރޭ، އަނެއްބާ ރަށްރަށުްނ ބުނެފަ އޮންނާނެ، އަހަރެމެންގެ ރަށަށް އަހަރަކު ދެ ފަހަރޭ އަންނަނީ، އެގޮތަށް ތާވަލެއްގެ ތެރެއިން ކުރެވެމުންދާ މަސައްކަތެއް މީ" ވެމްކޯގެ ޑީއެމްޑީ މުހައްމަދު އަބްދުލް ކަރީމް ވިދާޅުވި އެވެ.

ކަންމިހެން އޮތުމާއި އެކު އެއްގޮތަކަށްވެސް 2 އަހަރު ކުނި ބަލާ ނާދެއޭ ބުނެވޭކަށެއް ނޯންނާނެކަމަށާއި އެއީ އަދި މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށްވެސް ކަރީމް ވަނީ ވިދާޅުވެފަ އެވެ. އަދި ކުރީގައި އަލިފުށިން ހަދާފައި އޮތް އެއްބަސްވުން މުއްދަތު ހަމަވެގެން އަލިފުށި ކައުންސިލްއިން އެ އިނީޝިއޭޓިވް ނަގާފައެއް ނެތްކަަމަށްވެސް ކަރީމް ވަނީ ހާމަކޮށްފަ އެވެ.

"މިއަހަރު އަޅުގަނޑުމެންނާ އެއްކޮށް ބައްދަލުކޮށްފަ އެ ބޭފުޅުން ވެމްކޯއަށް އެ އިރުގަ އެގްރީމަންޓް މުއްދަތު ހަމަވީއިރު ހުރި ފައިސާ ދައްކާފަ އެ ބޭފުޅުން އަނެއްކާ އެގްރީމަންޓްގައި ސޮއި ކުރީ، އެ ހިސާބުން ފެށިގެން އަޅުގަނޑުމެން ތާވަލަށް ލާފަ އޮންނާނީ އަލިފުއްޓަށް، މޭ މަސްތެރޭގައި އިރާދަކުރެއްވިއްޔާ އެ ދަތުރު ކުރާނެ ކުނި ބަލާ" އަބްދުލް ކަރީމް ވިދާޅުވި އެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ ޑީއެމްޑީ އިތުރަށް ވިދާޅުވީ ވެމްކޯއިން ކުނި ހުސްކުރަން ރަޖިސްޓްރީ ވެފަ ތިބި ރަށްރަށުގެ ތެރެއިން ރަޖިސްޓްރީ ވެފައި މިހާރު ތިބީ 26 ރަށްކަމަށެވެ. އެ 4 އަތޮޅުގަ ޖުމްލަ 40 ހަށް ވުރެއް ގިނަ ރަށް ހުންނާމެކަމަށައި ރަޖިސްޓްރީ ވެފައި އޮތް 26 ރަށުގެ ތެރެއިން، ތާވަލެއްގެ ދަށުން ހިދުމަތް ދެމުން އަންނަކަމަށްވެސް ކަރީމް ވިދޅުވި އެވެ.

your imageރ. އަލިފުށި:. -- ފޮޓޯ: އައިލްސް.އެމްވީ

އަދި އެ ހިދުމަތް ދޭ އިރުގަ ވެމްކޯއިން ރަށްރަށު ލެވެލްގައިވެސް ކުނި މެނޭޖްކުރުމަށްވެސް ވަރަށް ބޮޑަށް އެބަ ހިތްވަރުދެމުންދާކަމަށްވެސް ޑީއެމްޑީ ފާހަގަކުރެއްވި އެވެ. އެގޮތުން ފަތް ކުނޑީގެ ބާވަތްތަށް ވެމްކޯއަކުންނެއް ނުނަގާނެ ކަމަށާއި ހަމައެކަނި ނަގާނީ ބަލްކީ ވޭސްޓް ކަމަށް ކަރީމް ވިދާޅުވި އެވެ.

"ރަށު ލެވެލްގަ މެނޭޖް ނުކުރެވޭ ވަރުގެ ކުނި އެކަނި ނަގާނީ، އެހެންވީމާ ރަށްރަށު ލެވެލްގަ މިސާލަކަށް ވެމްކޯގެ ލޭންޑިން ކްރާފްޓް ގޮއްސަ ކުނި ނަގާ އިރުގައި، ރަށްރަށުން ބުނާނެ ކުނިގޮނޑު އެއްކޮށް ހުސްކޮށްލަ ދޭށޭ، އެކަމަކު އެހެން ބުންޔަސް މީ ކުނިގޮނޑު އެއްކޮށް ހުސްކޮށްލާ ގޮތަކަށް ނޫން އަޅުގަނޑުމެންގެ އެއްބަސްވުމުގައި އޮންނާނީ"

ފަތް ކުނޑިއަކީ ރަށުން ބޭރުވުމަށްވުރެއް ރަށަށް އޭގެ ފައިދާއިން މަންފާކުރާނެ އެއްޗެއްކަމަށްވެސް ޑީއެމްޑީ ވިދާޅުވި އެވެ. އެގޮތުން އޭގެން ގަސް ކާނާ ހެދުން ކަހަލަ ބައިވަރު މަސައްކަތް ކުރެވިދާނެ ކަމަށާއި ފަތްކުނޑި ނުނެގި ނަމަވެސް ނަަމަވެސް ދެން އެހެން ބާވަތުގެ ކުނިތަށް ނަގައިދޭނެކަމަށް ޑީއެމްޑީ ވިދާޅުވި އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް