ads
ހިޔާ އަވަށް
ފުލެޓު އަތުލި މީހުންނަށް މިއަހަރު ފަށާ މަޝްރޫއުން ފްލެޓްތައް ލިބޭނެ: ރައީސް
ރައީސް ޔާމީން ސަރުކާރުގެ ފުރަތަމަ ސޯޝަލް ހައުސިންގ މަޝްރޫއުގެ ތެރެއިން ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު މީހުންގެ ތެރެއިން ފްލެޓް ނުލިބޭ މީހުންނަށް ފްލެޓް ހަމަޖައްސައި ދެއްވާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
Advertisement

ސިލްސިލާކޮށް ސަރުކާރުން ގެނެސްދޭ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި މީހަކު ވަނީ، ހިޔާ ފުލެޓު އަތުލި މީހުންނަށް ފުލެޓު ދިނުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެ ސުވާލަށް މިއަދު ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް އެ ވައުދު ފުއްދަވާނެ ކަމަށާއި މި ސަރުކާރުން އެންމެ ފުރަތަމަ ފަށާ ސޯޝަލް ހައުސިން އިމާރާތްކުރުމުގެ މަޝްރޫއުގެ ދަށުން އެޅޭ ފުލެޓުތަކުން އެމީހުންނަށް ފުލެޓު ހަމަޖައްސައިދޭނެ ކަމަށެވެ.

"އެއީ އަޅުގަނޑުގެ ރިޔާސީ ވައުދެއް. އެ ވައުދު ފުއްދާނަން. އެއި ކުރީ ސަރުކާރުން، ރައީސް ޔާމީން ސަރުކާރު ނިމުނު އިރުގައި ދާއިމީ ލިސްޓުގަ ހިމެނުނު ފަރާތްތައް. ރައީސް ސޯލިހުގެ ސަރުކާރުން، އޭގެ ތެރެއިން އެތައް ހާސް ބަޔަކު އެއްވެސް ކަހަލަ ހަމައެއް ނެތި އުނިކޮށްލާފަ ވަނީ، އެހެންވީމާ އެ ފަރާތްތަކަށް ފުލެޓު ދޭނެ ކަމަށް އަޅުގަނޑު ވާނީ ވައުދުވެފައި. އެ ވައުދު ފުއްދާނަން ވީހާވެސް އަވަހަކަށް. އެންމެ އަވަހަށް އެޅޭ ފުލެޓުތަކުން ދޭނަން." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިޔާ ފްލެޓްތައް އިމާރާތްކޮށް އެތަނުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނެރުނެވެ. ނަމަވެސް އެ ފްލެޓުތައް ދީފައި ވަނީ އިންސާފުން ނޫން ކަމަށް ބުނެ އެ މައްސަލަ ބަލަން ޞާލިޙްގެ ސަރުކާރުގައި ކޮމިޓީއެއް އެކުލަވާލިއެވެ. އެ ކޮމިޓީން މައްސަލަ ބެލުމަށް ފަހު އެކުލަވާލި ލިސްޓުގައި ކުރީގެ ލިސްޓާ އަޅާ ބަލާއިރު ތަފާތުތަކެއް ހުއްޓެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުއިއްޒު ވަނީ ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބުނު، ނަމަވެސް ފްލެޓް ނުލިބުނު މީހުންނަށް އެމަނިކުފާނުގެ ވެރިކަމުގައި ފްލެޓް ދެއްވާނެކަމަށް ވައުދުވެވަޑައިގެންފަ އެވެ.

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށް މި ސަރުކާރުން ވަނީ "ރަސް މާލެ"ގެ ނަމުގައި ބޮޑު މަޝްރޫއެއް ވެސް ފުށިދިއްގަރު ފަޅުގައި ފަށާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް