ads
ރައީސް ޑރ. މުހައްމަދު މުއިއްޒާއި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް
ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެ އަށް ބަދަލުވެވަޑައިގެންފި
ރައީސްގެ ނައިބުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހާއްސަކޮށްފައިވާ ރަސްމީގެކޮޅު، ހިލާލީގެގަށް ރައީސް ޑރ. މުއިއްޒުގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް، ބަދަލުވެވަޑައިގެންފި އެވެ.

ނައިބު ރައީސް ހުސައިން އާއި އެ މަނިކުފާނުގެ އާއިލާ ހިލާލީގެ އަށް ބަދަލުވެވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ހިލާލީގެ އަށް ބަދަލުވެވަޑައިގަތުމާ ހަމައަށް ނައިބު ރައީސް ހުސައިން އާއި އެ މަނިކުފާނުގެ އާއިލާ ދިރިއުޅުއްވީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް އުޅުއްވި ގޭގަ އެވެ.

ހިލާލީގެއަކީ ނައިބު ރައީސުން ދިރިއުޅެން ހާއްސަކޮށްފައިވާ ގެކޮޅެވެ. ފައިސަލް ހިލާލީގެއަށް ބަދަލުވެވަޑައި މިގަތީ މަގާމާ ހަވާލުވެވަޑައިގެންނެވިތާ ހަތަރު މަހެއްހާ ދުވަސް ފަހުން ނެވެ. 

ހިލާލީގެ އަށް ބަދަލުވެވަައިގަތުން ލަސްވީ ނައިބު ރައީސް ވިދާޅުވެފައިވާ ގޮތުގައި އެ ގެކޮޅަށް ވަރަށް ބޮޑު މަރާމާތެއް ބޭނުންވާތީ އެކަމަށް ވަގުތު ދެއްވަން ޖެހިވަޑައިގަތުމުންނެވެ.

މިދިޔަ ސަރުކާރުގައި އޭރުގެ ނައިބު ރައީސުން ވެސް ދިރިއުޅުއްވީ ހީލާލީގޭގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް