ads
މިނިސްޓަރު އަމީން އެއާ އެމްބިއުލާންސްގެ ތައްޔާރީތައް ބައްލަވައިލައްވަނީ -- ފޮޓޯ/ މޯލްޑިވިއަން
އޭވިއޭޝަން ދާއިރާ އަށް ހަލުވި ކުރިއެރުންތަކެއް ލިބިއްޖެ: މިނިސްޓަރު
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ހަތަރު މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމަށް އިންގިލާބީ ހަލުވި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އެ ދާއިރާއަށް ވަނީ އިންގިލާބީ ބަދަލުތަކެއް އައިސްފައި ކަމަށެވެ. އެ ބަދަލުތައް އައީ ރައީސް މުއިއްޒުގެ މިންނެތް މަސައްކަތް ފުޅާ ފުރިހަމަ ތަސައްވަރުގެ ސަބަބުން ކަމަށް ވެސް ވިދާޅުވި އެވެ. 

އަމީން ވިދާޅުވީ މިކަންކަމުގެ ހުރިހާ ވެސް ޝުކުރެއް ހައްގު ވަނީ ހަރުދަނާ ތަސައްވުރަކާ އެކީ ޕްލޭން ކުރައްވައިގެން ކަންކަން ކުރައްވަމުން ގެންދަވާ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް އަމާޒުކޮށްގެން ބޮޑެތި ފްލައިޓް އޮޕަރޭޝަންތައް ހިންގުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.


"މިހާރު ތައްޔާރުވަމުން މި އަންނަނީ ވައިގެ ދަތުރުތަކަށް ވައިޑްބޮޑީ ބޯޓްތައް ބޭނުން ކުރަން ފެށުމަށް. މީގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ވެސް ބޮޑު ކުރިއެރުމެއް އަންނާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ނިމިދިޔަ މާޗް މަހުގައި ސަރުކާރުން ފުރަތަމަ ފަހަރަށް ރާއްޖޭގައި އެއާ އެންބިލެންސްގެ ހިދުމަތް ފަށާފައެވެ. އެ ހިދުމަަތަށް އެންމެ ފުރަތަމަ ބޭނުންކުރީ ޑީއެޗްސީ8-200 ގެ މޯލްޑިވިއަންގެ އެއާކްރާފްޓެކެވެ. ސަރުކާރުން ފަހުން ވަނީ މޯލްޑިވިއަންގެ ސީޕްލޭނެއް ވެސް އެއާ ސީ އެމްބިއުލެންސަކަށް ބަދަލުކޮށްފައެވެ. އެހެންކަމުން އެއާ އެމްބިއުލަންސްގެ ހިދުމަތް ދިނުމަށް މަތިންދާ ބޯޓަކާއި ސީޕްލޭނެއް ދަނީ އޮޕަރޭޓްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް