ads
ބައްސާމް އަދީލް ޖަލީލް
އަންނަ މަހު ފުޓްބޯޅަ ސީޒަން ފަށަނީ
އަންނަ މެއި މަހު، އާ ފުޓްބޯޅަ ސީޒަން ފެށުމަށް އެފްއޭއެމުން މަސައްކަތް ފަށައިފިއެވެ.

އެއްވަނަ ޑިވިޝަނަށް ގާތްގަނޑަކަށް ފަސް މަސް ދުވަހުގެ ބްރޭކަކަށް ފަހު އަންނަ މަހު ސީޒަން ފެށުމަށް ތައްޔާރުވަމުންދާއިރު، ކްލަބުތަކަށް މިހާރު އެފްއޭއެމުން ހިއްސާކޮށްފައިވާ ކަލަންޑަރުގައިވާ ގޮތުން ސީޒަން ހުޅުވާ މެޗު ކުޅެން ތާވަލުކޮށްފައި އޮތީ މެއި 10 ވަނަ ދުވަހުއެވެ. އަދި އަންނަ ސީޒަންގެ ލީގު ފެށުމަށް މި ވަގުތު ލަފާކޮށްފައިވަނީ ޖުލައިގައެވެ.

އަންނަ ސީޒަނުގައި ފުރަތަމަ ޑިވިޝަނުގައި 10 ޓީމު ކުޅޭނެއެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ މަސް އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބްގެ އިތުރުން، ފުރަތަމަ ޑިވިޝަނުގައި ކުރިން ވެސް އޮތް އަށް ކްލަބެވެ.

ކްލަބުތަކާ އެފްއޭއެމުން ހިއްސާކޮށްފައިވާ ޑްރާފްޓް ކަލަންޑަރުގައި ހިމެނޭ ބައެއް މުބާރާތްތައް

19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް

ސީޒަން ހުޅުވާ މެޗު

ޕްރެޒިޑެންޓްސް ކަޕް

17 އަހަރުން ދަށުގެ ޔޫތު ލީގު

ދިވެހި ޕްރިމިއާ ލީގު

14 އަހަރުން ދަށުގެ ޔޫތު ލީގު

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

އެފްއޭ ކަޕް

ތިން ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް