ads
ކުރީގެ ރައީސް ޔާމީން ޕީއެންއެފަށް ސޮއިކުރައްވަނީ
ޕީއެންއެފްގެ ޖަލްސާއަށް ދާން ޔާމީން ހުއްދައަށް އެދިއްޖެ
ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް ބާއްވާ ޖަލްސާގައި ބައިވެރިވުމަށް މިވަގުތު ގޭ ބަންދުގައި ހުންނެވި ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
Advertisement

ރައިށް ޔާމީން އިސްކޮށް ހުންނަވާ އުފައްދާ ޕީއެންއެފްގެ އުފައްދުމަށް ބާއްވަންޖެހޭ ރަސްމީ ޖަލްސާ ބޭއްވުމަށް އިލްކްޝަންސް ކޮމިޝަނުން ހުއްދަ ދިނީ އިއްޔެއެވެ. ކޮމިޝަނުން ބުނީ ޕާޓީ އުފައްދަން ބޭނުންވާ އަދަދަށް 3000 މެމްބަރުން ހަމަވުމުން ޕާޓީ އުފެއްދުން ކުރިޔަށް ގެންދިޔުމަށް ހުއްދަދީފައިވާކަމަށެވެ. 

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ މިނިސްޓަރު ޑރ. މުހައްމަދު މަލީހު ޖަމާލް ވިދާޅުވީ އެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ރައީސް ޔާމީން ބައިވެރިވުމުގެ ހުއްދައަށް އެދި ޤާނޫނީ ޓީމުން ކަމާއި ގުޅޭ އިދާރާތަކަށް ސިޓީ ފޮނުވާފައިވާކަމަށެވެ. އަދި ރައީސް މުއިއްޒުގެ ބަހާ އަމަލު ދިމާވޭތޭ ރައްޔިތުން ނިންމެވުމަށްވެސް މަލީހް ވިދާޅުވިއެވެ. 

" ރައީސް ޔާމީން މިނިވަންކުރުމުގެ ވަޢުދުމަތީ ހުންނެވި ކަމަށް ރައީސް މުއިއްޒުވަނީ އިއްޔެ ވިދާޅުވެފަ. ރައީސް ޔާމީން ޕާޓީ ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ބައިވެރި ވުމުގެ ހުއްދައަށް އެދި ޤާނޫނީ ޓީމުގެ ފަރާތުން މިއަދު މިވަނީ އެދި ސިޓީ ފޮނުވާފަ. ބަހާ އަމަލާ ދިމާވޭތޯ ރައްޔިތުން ނިންމަވާނެ." މަލީހް އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެއެވެ.

ރށާއްޖޭގެ އޮންލައިނަކަށް ރައީސް މުއިއްޒު އިއްޔެ ދެއްވި އިންޓަވިއުގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން މިނިވަންކުރުމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވައުދާ ހިލާފު ނުވާކަމަށެވެ. އަދި އެކަން ކުރުމުގެ ބާރު މިހާރު އޮތީ ޖުޑިޝަރީގެ އަތްމަތީގައިކަމަށާއި އެކަމުގައި އެމަނިކުފާނު ކުރައްވާނެކަމެއް މިހާރު ނެތްކަމަށްވެސް ރައީސް މުއިއްޒު ވިދާޅުވިއެވެ. 

ޕީޕީއެމުން ވަކިވެޑައިގެން ރައީސް ޔާމިން އުފައްދަވާ ޕީއެންއެފް އުފައްދަން ބާއްވާ ޖަލްސާ ބާއްވާނެ ވަކި ތާރީހެއް  އަދި ނުބުނެެއެވެ. އެހެންނަމަވެސް އީދުގެ ކުރިން އެ ޖަލްސާ ބާއްވާނެކަމަށް ބެލެވެއެވެ.  

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް